Advertisement
ކ. މާލެ
|
29 މާރޗް 2019 | ހުކުރު 23:57
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ އަރިހުގައި
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ އަރިހުގައި
ޕޮލިސް
ފުލުހުންގެ ޚިދުމަތް
ޑިމޮކްރެޓިކް ވައްޓަފާޅި ދައްކުވައި ދޭ ފުލުހުންގެ މުއައްސަސާއެއް ޤާއިމްކުރުމަށް ގޮންޖެހުންތައް އެބަހުރި: ސީޕީ ހަމީދު
މުއައްސަސާ ފުރިހަމައަށް ބައްޓަން ކުރުމުގެ މަސައްކަތް ނުކޮށް ތިބެވެން ނެތް ކަމަށް ވިދާޅުވި

ޑިމޮކްރެޓިކް ވައްޓަފާޅި ދައްކުވައި ދޭ ފުލުހުންގެ މުއައްސަސާއެއް ޤާއިމް ކުރުމަށް އަދިވެސް ގޮންޖެހުންތަކެއް ހުރި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާޅުވީ، 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މަދަނީ ފުލުހުންގެ ޚިދުމަތް ދެމުންދާއިރު، ދިވެހިރާއްޖެއަށް މި ވޭތުވެދިޔަ ދުވަސްތަކުގައި ސިޔާސީ އަދި އިޖުތިމާއީ ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި އެ ބަދަލުތަކުގެ ތެރޭގައި، ފުލުހުން ހަރަކާތްތެރިވަމުން އައި އައުމުގައި ޑިމޮކްރެޓިކް މުޖުތަމަޢުއަކަށް ފެތޭ، އަދި އެ ވައްޓަފާޅި ދައްކުވައިދޭ ފުލުހުންގެ މުއައްސަސާއެއް އެންމެ ފުރިހަމައަށް އުފެދުމަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މި މައްސަލައަކީ ދައުލަތުގެ އެހެން މުއައްސަސާތަކަށް ވެސް ކުރިމަތިވެފައިވާ ހާލަތެއް ނަމަވެސް، ރައްޔިތުންގެ މަސްލަހަތަށްޓަކާ ފުލުހުންގެ މުއައްސަސާ ފުރިހަމައަށް ބައްޓަން ކުރުމުގެ މަސައްކަތް ނުކޮށް ތިބެވެން ނެތް ކަމަށެވެ.

"ފުލުހުންގެ މުއައްސަސާ އަދި ފުލުހުންގެ ޚިދުމަތްތައް ވަރަށް ބޮޑަށް ހަރުދަނާ ވާންޖެހޭ ކަމަށް ވަރަށް ގިނަ ރައްޔިތުން ޤަބޫލުކުރައްވާ. 2019 ޖެނުއަރީ ދެވަނަ ދުވަހު ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުން ދެކިވަޑައިގަންނަވާ ގޮތް، ހުށަހަޅުއްވަން ބޭނުންފުޅުވާ ޚިޔާލުތައް، ހުށަހެޅުއްވުމަށް އަޅުގަނޑުމެން ފުރުޞަތު ހުޅުވާލިން. މިގޮތަށް ހުޅުވާލުމުން ފުލުހުންގެ ޚިދުމަތް އިސްލާހު ކުރުމަށް ރައްޔިތުންގެ ވަރަށް ބޮޑު ޝައުޤުވެރިކަމެއް އޮތްކަން ހާމަވެގެން ދިޔަ. އެގޮތުން ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ، ހުރި ޚިޔާލުތައް ހުށަހެޅުމުން އެ އަޑު އަލުގަނޑުމެން އެހިން"، ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ ފުލުހުން މިހާރު ދަނީ އެ ޚިޔާލުތަކުގެ މައްޗަށް ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމަށްޓަކާ ފުރިހަމަ ކުރަންޖެހޭ އެތައްކަމެއް އަދިވެސް ފުރިހަމަ ނުވެ ހުރިކަން ހަމީދު ފާހަގަކުރެއްވިއެވެ. ހަމީދު ވިދާޅުވީ ހުކުރު ދުވަހުގެރޭ ހާމަ ކުރެވުނު ފުލުހުންގެ އިސްތިރާޖީ ޕްލޭނާއިއެކު ޤައުމީ ފެންވަރުގައި މައިގަނޑު ތިން އިސްތިރާޖެއް ކަނޑައެޅެން ޖެހޭ ކަމަށެވެ. އަދި ޤައުމީ ފެންވަރުގެ އެ އިސްތިރާޖުތަކާއި އެއްގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންވެ ތަރުތީބު ވާންޖެހޭކަންވެސް ހަމީދު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ 86 ވަނަ އަހަރީދުވަސް ފާހަގަކުރަމުންދާއިރު، ފުލުހުންގެ މުއައްސަސާއަކި ނުފޫޒުން އެއްކިބާ ވެފައިވާ، މިނިވަން އަދި އެކަށޭނަ މަސައްކަތްތަކެއް ކުރާ މުއައްސަސާއަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ފުލުހުން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
29 މާރޗް 2019 | ހުކުރު 19:55
ihaaru.
އޭ ހިޓްލަރ ވެސް އުޅުނު ތިޔަހެން އެތައްބައެއްކަށް އަނިޔާވެރިވެފަ، ހަރާމުން ހަރާން އިންސާފުނުލިބި އެސްއޯއެފް ގަ އުޅުނު އަނިޔާވެރިން މިހާރު ހަމަހުދުފޮތިކޮޅަކައްވެ ނިމިއްޖެ!