Advertisement
ކ. މާލެ
|
29 މާރޗް 2019 | ހުކުރު 19:40
ހިޖާމާ ޖެހުމަށް ބޭނުންކުރާ އާލާތް ތަކެއް
ހިޖާމާ ޖެހުމަށް ބޭނުންކުރާ އާލާތް ތަކެއް
މުހައްމަދު ޝަރުހާން
ޙިޖާމާ ޖެހުން
ޙިޖާމާގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތައް މޯލްޑިވުސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް ނިންމައިފި
ހުއްދަ ދެވެނީ ކޮމްޕެޓެންސީ ސްޓޭންޑަޑް ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް

ޙިޖާމާގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތައް މޯލްޑިވުސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓްރީ ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީއޮފް ހެލްތުން ކޮށްފައިވާ އިއުލާނެއްގައި ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ހިޖާމާގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތައް މޯލްޑިވުސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތަށް ރަޖިސްޓްރޭޝަން ދޭން ނިންމާފައި ވަނީ އެ ކައުންސިލުން އެކުލަވާލާފައިވާ "ކޮމްޕެޓެންސީ ސްޓޭންޑަޑް" އާއި އެއްގޮތަށް ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބޭ ފަރާތްތަކަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ އެ ކައުންސިލުން އެކުލަވާލާފައިވާ ކޮމްޕިޓެންސީ ސްޓޭންޑަޑާ އެއްގޮތަށް ތަމްރީނު ޕްރޮގްރާމް ހިންގަން ބޭނުންވާ ފަރާތްތައް ކައުންސިލުގެ ކޯސްއެޕްރޫވަލް ރިކްއަރމެންޓްސް ފޯމާއި އެއްގޮތަށް މަޢުލޫމާތު ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެގޮތުން އެފަދަ ތަމްރީނު ޕްރޮގްރާމެއް ހިންގުމުގެ ޝަރުތު ހަމަވާނަމަ އެކަމުގެ ހުއްދަ ދޫ ކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން އެކުލަވާލާފައިވާ ކޮމްޕިޓެންސީ ސްޓޭންޑަޑް މި މިންސްޓްރީގެ ވެބްސައިޓުގައި ޢާއްމު ކުރެވިފައި ވާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

ފަހަކަށް އައިސް ހިޖާމާ ޖެހުމުގެ ޚިދުމަތަކީ ވަރަށް ގިނަ ފަރާތް ތަކަކުން ރައްޔިތުންނަށް ފޯރުކޯށްދޭ ޚިދުމަތަކަށް ވާއިރު މި ޚިދުމަތް ލިބިގަންނަ ފަރާތްތަށްވެސް އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރު ވަމުންނެވެ.

ނަމަވެސް ޙިޖާމާގެ ޚިދުމަތް ދޭންބޭނުންވާ ފަރާތްތައް މޯލްޑިވުސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް ނިންމުމުން ކޮންމެ ކޮންމެ މީހަކަށް މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަގު ބަންދުވެ ގަވާއިދާއި އުސޫލު ތަކުގެ ތެރެއިން މި ޚިދުމަތް ފޯރުކޮށްދިނުމަށް މަގު ކޮށިގެން ދާނެއެވެެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް