Advertisement
ކ. މާލެ
|
29 މާރޗް 2019 | ހުކުރު 13:20
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
ދޮގު ޚަބަރު ފަތުރާ މީހާއަކީ މުޖުތަމައުގައި ހިމެނޭ ވިހަ ގުނަވަނެއް، އެކަމަކީ ދީނާ ދެކޮޅަށް ހިންގާ ޖަރީމާއެއް: ޚުތުބާ
ކޮންމެ ވަސީލަތެއް ބޭނުންކޮށްގެން ޚަބަރު ފެތުރި ނަމަވެސް ތެދު ޚަބަރަށް ވާން ޖެހޭނެ

ދޮގު ޚަބަރު ފަތުރާ މީހާއަކީ މުޖުތަމައުގައި ހިިމެނޭ "ވިހަ ގުނަވަނެއް" ކަމަށާއި، ދޮގު ޚަބަރު ފެތުރުމަކީ އިސްލާމް ދީނާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. 

"ޚަބަރު ފެތުރުމުގެ ޝަރުއީ ހަމަތައް" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނެފައިވަނީ ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން މުޖުތަމައުގެ އަމާންކަން ގެއްލިގެންދާ ކަމަށާއި، ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންގެ ޒިންމާ މިއަދު ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި އެފަރާތްތަކުން އަދާކުރަމުންދަނީ ވަރަށް މުހިއްމު ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

"ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އަދާ ކުރަން ޖެހޭ ޒިންމާ މިވަނީ ވަރަށް ބޮޑުވެފައި، ނޫސްވެރިންނާއި ޚަބަރުތއް ގެނެސްދޭ ފަރާތްތަކުން އަދާ ކުރަމުން އެދަނީ ވަރަށް ބޮޑު ދީނީ އަދި ޤައުމީ ވާޖިބެއް، މީސްތަކުންނަށް ތެދު ޚަބަރާއި މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރި ކުރުވުމުގެ ޒިންމާ، ދޮގު ވާހަކަ ފެތުރުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމާއި އޭގަައި ހިމެނޭ ބިރުވެރި ކަމުގެ ބޮޑުކަމުން މާތް ﷲ ވަނީ ދޮގު ހެދުން ހަރާމް ކުރައްވާފަ" ޚުތުބާގައި ބުނެފައިވެއެވެ. 

ޚުތުބާގައި އިތުރަށް ބުނީ، ދައްކާ ވާހަކަތާކާއި އެހެން މީހުންނަށް ފޯރުކޮށްދޭ މައުލޫމާތުތައް ބިނާ ކުރަން ޖެހޭނީ އިސްލާމީ ޝަރުއީ ހަމަތަކާ އެއްގޮތަށް ކަމަށާއި، އެއީ ތެދު ހަޤީޤަތަށް ވާން ޖެހޭނެ ކަމަށެވެ. އަދި ފޯރުކޮށްދޭ ޚަބަރެއްގެ ސަބަބުން އެހެން މީހެއްގެ އަބުރާއި ކަރާމަތް ގެއްލިގެން ގޮސްގެން ނުވާނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

"ތިޔަބައިމީހުން ދޮގު ހެދުމުން ދުރުހެލިވާށެވެ! ދޮގުވެރިކަން މަގު ދައްކަނީ ނުބައި ކަންތައްތަކަށެވެ. ނުބައި ކަންތައްތައް މަގު ދައްކަނީ ނަރަކައަށެވެ. އަދި ދޮގު ހަދާ މީހާ މާތް ﷲ ގެ ހަޟްރަތުގައި ދޮގުވެރިއަކު ކަމުގައި ލިއުއްވައިފުމަށް ދާންދެން ދޮގު ހެދުމުގައި ދެމި ހުރެއެވެ" ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. 

އޭގެ އިތުރުން، މުޖުތަމައުގައި ހިނގާ މުހިއްމު ކަންކަމުގެ ޚަބަރު އެހެން މީހުންނަށް އަންގައިދީ ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށާއި، ކޮންމެ ވަސީލަތެއް މެދުވެރިކޮށް ޚަބަރު ފެތުރި ކަމުގައިވިޔަސް، އެކަން ކުރަން ޖެހޭނީ އިސްލާމީ ޝަރީއަތުގައި ބަޔާންކޮށްފައިވާ އިމުގެ ތެރެއިން ކަަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް