Advertisement
ކ. މާލެ
|
29 މާރޗް 2019 | ހުކުރު 12:39
ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ
ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ
ފޮކްސް
ސަރުކާރުގެ 100 ދުވަހުގެ ވައުދު
ވައުދުތައް ސަމާސާގޮތެއްގައި ނުނަގާނެ، ހުރިހާ ވައުދެއްވެސް މި ސަރުކާރުންް ފުއްދާނެ: މާރިޔާ
ޔާމީނު ސަރުކާރުގައި މިލިއަނުން މިލިއަނުން ރާއްޖެޓީވީ ޖުރިމަނާ ކުރި
އެޖެންޑާ 19 ފުރިހަމަ ވާނީ ތިލަފަތަށް ވޯޓް ދީގެން

މި ސަރުކާރުން ވި ވައުދުތައް ސަމާސާއަކަށް ނުނަގާނެކަމަށާއި، ވި ހުރިހާ ވައުދުތައް ފުއްދާނެކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ފަރާތުން ފުލިދޫ ދާއިރާއަށް ވާދަކުރައްވާ މަބްރޫކް އަބްދުލް އަޒީޒްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ މި ސަރުކާރުން ވައުދެއްވުމަށްފަހު، އެއީ ސަމާސާއަކަށް ބުނި އެއްޗެކޭ ނުވަތަ ކުދި ބަޔަކު ނިކުމެ ނުކުމެ ބެނާރއެއްގައި ލިޔުނު އެއްޗެކޭ ނުބުނާނެ ކަމަށެވެ. އަދި މި ސަރުކާރުން ވީ ހުރިހާ ވައުދެއްވެސް ފުއްދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

މާރިޔާ ވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ކާމިޔާބީ ފާހަގަކުރައްވާފަ އެވެ. އެގޮތުން 100 ދުވަހަށް ކަނޑައެޅި ވައުދުތަކުގެ 83 އިންސައްތަ މިހާރުވެސް ފުރިހަމަކޮށްފައިވާކަމަށް މާރިޔާ ވިދާޅުވި އެވެ. 

މި ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވައުދުތައް ބާރު ސްޕީޑްގައި ފުއްދައިދީ އޭގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ތިލަފަތަށް ވޯޓް ދީގެން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ފުލިދޫ ދާއިރާއިން މަޖިލީހަށް ނުކުންނަ ކެނޑިޑޭޓް މަބްރޫކަށް ތާއިދު ކުރަށްވާ މި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އޭނާ އަކީ ޒުވާނެއް ކަމަށާއި، ނަޒާހަތްތެރި މީހެއްކަމަށެވެ. އަދި ކެރޭ ހީވާގި މީހެއްކަމަށް މާރިޔާ ވިދާޅުވިއެވެ.

"މްބަރޫކް ފަދަ ޒުވާނުންނަށް މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެ ވިއްޖެނަމަ އަޅުގަނޑުމެންނަށް ޔަގީންވޭ އަޅުގަނޑުމެންނަށް އެގޮނޑިތައް މިހަވާލު ކުރަނީ ރަނގަޅު ބޭފުޅުންނާކަން ނަޒާހަތްތެރި މީހުންނާކަން. އަދި އެޖެންޑާ 19 ގައިވާ ހުރިހާ ކަމެއް އެއޮތް ތަރުތީބުން ކޮށްދެއްވާނެކަން" 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ވޭތިވެ ދުވަސްތަކުގައި ޔާމީނުގެ ނަން ކިޔަސް އެމީހަކު ހިފާ ހައްޔަރުކުރާކަމަށާއި، 2018 ގެ ކެމްޕެއިންގެ ދުވަސްވަރު ފިޔާތޮށި ކުލައިގެ ދިދަ ނޫން ދިދައެއް ރާއްޖެއިން ނުފެންނަ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ދޫތައް އެދުވަސްވަރު ބަންދުވެފައިވާކަން ފަހަގަކުރައްވާ މާރިޔާ ވިދާޅުވީ ކެމްޕޭން ޕޯޑިއަމެއް ކައިރިއަށް ހުއްޓި އަނގައިން ބުނުމުގެ ފުރުސަތުުވެސް ނޯންނަކަމަމަށް މާރިޔާ ވިދާޅުވި އެވެ. 

"ކިތައް ފަހަރު ކަމެއް ނޭނގޭ މިލިއަނުން މިލިއަނުން ރާއްޖެޓީވީ ޖުރިމަނާ ކުރީކީ. ދައްކަން ޖެހުނު ފައިސާގެ އަދަދު ކިތަންމެހާވެސް ގިނަ. ޔާމީނޭ ބުނެލި މީހެއްވިއްޔާ ހިފާ ހައްޔަރު ކުރަމުން ގެންދިޔަ. އަޅުގަނޑުމެންވެސް ބޭނުން ކެމްޕެއިން ތަކުގައި އަނގަ ހުޅުވާ ވާހަކަ ދައްކަން. އެކަމަމަކު އެދުވަހު އެފުރުސަތެއް ނުލިބުނު"

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
29 މާރޗް 2019 | ހުކުރު 10:04
ހ މ ޒ
މައްޗަންގޮޅީ މެދަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓް، ޤައުމުގެ ހައްޤުގައި އިއްބެއަށް ތާޢީދުކުރައްވައިިފި!