Advertisement
ކ. މާލެ
|
29 މާރޗް 2019 | ހުކުރު 12:26
މަސްވެރިޔާ އެކައުންޓް ތައާރަފްކުރުމަށް މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މަސްވެރިޔާ އެކައުންޓް ތައާރަފްކުރުމަށް މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
މަސްވެރިކަން
200 އަށްވުރެ ގިނަ މަސްވެރިން، މަސްވެރިޔާ އެކައުންޓް ހުޅުވައިފި
ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމުތަކުގައި ބައިވެރިވެވޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖެހިފައި

200 އަށްވުރެ ގިނަ މަސްވެރިން، ބޭންކް އޮފް މޯލްޑިވްސްގެ މަސްވެރިޔާ އެކައުންޓް ހުޅުވައިފި އެވެ. 

މަސްވެރިޔާ އެކައުންޓަކީ، މަސްވެރިންނަށް ބޭންކިން ނިޒާމްގެ ތެރެއިން ހިދުމަތް ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ތައާރަފްކުރި ހިދުމަތެކެވެ. އަދި މަސްވެރިޔާ އެކައުންޓު މެދުވެރިކޮށް މަސްވެރިންނަށް ފައިސާގެ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ އެވެ. އޭގެ ތެރޭގައި މަސްވެރިކަމުން ހޯދާ ފައިސާ ރަށުގައި ހުރެގެން އެކައުންޓަށް ޖަމާ ކުރުމާއި ތަފާތު ލޯނު ސްކީމުތަކުގައި ފަސޭހައިން ބައިވެރިވެ ވުން ހިމެނެ އެވެ.

ސަރުކާރުގެ ފުރަތަމަ 90 ދުވަހުގެ ވައުދުތަކާއި ގުޅޭގޮތުން ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ދަނޑުވެރިކަމާއި، މަސްވެރިކަމުގައި އުޅޭ އަމިއްލަ މީހުންނަށް، މާލީ އިދާރާތަކުންނާއި، ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމުތަކުގައި ބައިވެރިވެވޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖެހިފައި ކަމަށެވެ. އަދި ސްކީމްގެ ދަށުން މިހާތަނަށް ދުއިސައްތަ އެއް މަސްވެރިން ވަނީ ބޭންކް އޮފް މޯލްޑިވްސްގެ މަސްވެރިޔާ އެކައުންޓް ހުޅުވާފައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"މަސްވެރީން ގަންނަ ޑީސަލުން ނަގަމުން އައި ޑިއުޓީއާއި، ދަނޑުވެރިކަމަށް އިމްޕޯޓްކުރާ ތަކެތިން ނަގަމުން އައި ޑިއުޓީ މިހާރު ވާނީ ކަނޑާލާފައި. މީގެ ފައިދާ މަސްވެރީންނަށާއި ދަނޑުވެރީންނަށް ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެ."

ސަރުކާރުން، ބީއެމްއެލް މެދުވެރިކޮށް ތައާރަފްކުރި މަސްވެރިޔާ އެކައުންޓް މެދުވެރިކޮށް މަސްދޯނިތަކަށް ބޭނުންވާ ތެލާއި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާ ވެސް އެ ފަޅުވެރިންގެ ކާޑަށް ފޮނުވާލެވޭނެ އެވެ. މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ އެވެ. އަދި މީގެ އިތުރުން އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖޭން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް