Advertisement
ކ. މާލެ
|
29 މާރޗް 2019 | ހުކުރު 11:52
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ޓްވިޓަރ
އަބްދުﷲ ޝާހިދު
ޔާމީންގެ ސަރުކާރުގައި ފަސް އަހަރު ތެރޭގައި ހިލޭ އެހީ ގޮތުގައި ހޯދި ފައިސާ، މި ސަރުކާރުން ހޯދީ ތިން މަހުން: ޝާހިދު
ރިޔާސީ ކޮމިޝަންގެ ބިލް އޮތީ ރައްޔިތުންގެ މަޖިލީހުގައި ގަލުގައި އެޅިފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިލޭ އެހީ ގޮތުގައި ހޯދި ފައިސާ މިސަރުކާރުން ތިން މަސް ދުވަހުގެ ތެރޭގައި ހޯދާފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.  

ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބުރާސްފަތި ދުވަހު ވިދާޅުވެފައެވެ.

އެކިއެކި ގައުމުތަކުން ދިވެހިރާއްޖެ މިހާރު ބަލައިގަންނަމުންދާ ކަމަށް މީގެ ކުރިން ޝާހިދު ވިދާޅުވެފައިވާއިރު، ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ކުރީ ސަރުކާރުން ބޭރު ގައުމުތަކުން ހިލޭ އެހީ ގޮތުގައި ހޯދި އަދަދު، މި ސަރުކާރުން ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ހޯދާފައިވާ ކަމަށެވެ.  

''2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް މި ދިވެހިރާއްޖޭގައި އޮތް ސަރުކާރަށް މުޅި ޖުމްލަ ހިލޭ އެހީ ގޮތުގައި ލިބުނީ 1.9 ބިލިއަން ރުފިޔާ. މި ވޭތުވެދިޔަ ތިންމަސް ދުވަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހިލޭ އެހީ ގޮތުގައި 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައި'' ޝާހިދު ވިދާޅުވިއެވެ.  

މީގެ އިތުރުން މި ޖަލްސާގައި ޥާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރިން ކުރައްވާފައިވާ ޝާހިދު ވިދާޅުވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ބިލް އޮތީ ރައްޔިތުންގެ މަޖިލީހުގައި ''ގަލުގައި'' އަޅާފައިވާ ކަމަށެވެ.  

މަޖިލީހުގެ ވައްދާ ކޮންމެ ބިލަކީ ''ދަލުގައި'' އަޅާ ބިލަކަށް ވެއްޖެނަމަ ރައްޔިތުން ކުރި އުއްމީދުތައް ދޫކޮށްލަން ޖެހޭ ކަމަށާއި، އޭރުން އުއްމީދުތައް ހާސިލް ނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެން ނަމަވެސް ސަރުކާރުން ވައުދުވެފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށް ގާނޫނުތައް ހެދޭނެ ފަދަ މެމްބަރުން މަޖިލީހަށް އިންތިހާބު ކޮށްފިނަމަ އެ އުއްމީދުތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
29 މާރޗް 2019 | ހުކުރު 04:31
އިބޫ ހުޅުމާލެ
Dhen ehenviya kurikameeh dhahkabala.. Yaamin sarukaarun thibunavarah libigen kuri kankan baavar mi sarukaarun adhi hama 0.. Mithaa mi comments nujahaanekan inge...
28 މާރޗް 2019 | ބުރާސްފަތި 20:27
Ma
Hus dhogu. Belee huttaanulaa dhathuru elheythoa.