Advertisement
ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 22:59
ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް
ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫނު އަބްދުލް ގައްޔޫމް
އަލީ ވަހީދަށް މާފުކޮށްފިން: ރައީސް މައުމޫން
މައުމޫނު ކުރެއްވި ޓްވީޓެއްގައި ބުރާސްފަތި ދުވަހު ވިދާޅުވީ، އަލީ ވަހީދަށް މައާފުކުރައްވާފައިވާކަމަށް

ރައީސް މައުމޫނަށް އަމާޒުކޮށް ފާޑުވިދާޅުވެ ދެއްކެވިފައިވާ ވާހަކަތަކަށް މައާފަށް އެދޭ ކަމަށް ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމާއި ގުޅިގެން، މިނިސްޓަރު އަލީ ވަހީދަށް މައާފުކުރައްވާފައިވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ސަންގެ 50 މިނެޓްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވަނީ އޭރު ރައީސް މައުމޫނާ ދިމާލަށް ވިދާޅުވި އެއްޗެއްސާ މެދު ފަހުން  ހިތާމަ ކުރެއްވުނު ކަމަށާ އެކަމަށް މައުމޫނު އަރިހުން މައާފަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ސިޔާސީ ހިޔާލު ތަފާތުވުމަކީ ޒާތީވުމަށް ވާން ނުޖެހޭ ކަމަށެވެ.ޒުވާން އިރުގައި އެ ހާވަރަކަށް ނުވިސްނޭ ކަމަށާއި، އޭރު ޕޯޑިއަމްތަކުގައި އެގޮތަށް ވާހަކަ ދެކެވުނީތީ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަހުން އަޅުގަނޑު މައާފަށް ވެސް އެދުނިން ވަޒީރަކަށް އައުމަށް ފަހު ރައީސް މައުމޫނާ ބައްދަލު ކޮށްފައި" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މި ވާހަކަފުޅު އަޑުއައްސަވާ ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ބުރާސްފަތި ދުވަހު ވިދާޅުވީ، އަލީ ވަހީދަށް މައާފުކުރައްވާފައިވާ ކަމަށެވެ. އަދި ފާޅުކުރެއްވި ޝުއޫރުތަކަށް ރައީސް މައުމޫން ވަނީ ޝުކުރު ވެސް އަދާކުރައްވާފައެވެ.

އަލީ ވަހީދު ސިޔާސީ މައިދާނަށް ނިކުންނެވީ ރައީސް މައުމޫނާއެކު އޭރު އޮތް ޑީއާރުޕީއިންނެެވެ. ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ކަމަށް 2009 ވަނަ އަހަރު އަލީ ވަހީދު ހޮވިވަޑައިގަތީ ވެސް ޑީއާރުޕީގެ ޓިކެޓުގައެވެ. ނަމަވެސް ވަކި ހިސާބަކުން އަލީ ވަހީދު ވަނީ އެ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅި ވަޑައިގެންފައެވެ.

އަދި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު އަލީ ވަހީދު ވަނީ މައުމޫންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
28 މާރޗް 2019 | ބުރާސްފަތި 18:38
ހ މ ޒ
މަހީކުރީ ކޮއްކޯފުޅަށް މަޢާފުކޮށްފީމޭ ބުނާނެކަމަށް؟