Advertisement
ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 22:56
ކުރީގެ ރައީސް ނަޝީދު ގާސިމް އިބްރާހިމްއާއެކު
ކުރީގެ ރައީސް ނަޝީދު ގާސިމް އިބްރާހިމްއާއެކު
ޓްވިޓަރ
ރައީސް ނަޝީދު
ދައުލަތަކުން އެންމެ ފަރުދަކަށް 112 މިލިއަން ޑޮލަރު ދޭކަށް ނުޖެހޭނެ: ރައީސް ނަޝީދު
ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭނީ ޚިދުމަތް
އެމްޑީޕީން އަމިއްލަ ފައިދާއަށް މަސައްކަތް ނުކުރާނެ

ދައުލަތަކުން އެންމެ ފަރުދަކަށް 112 މިލިއަން ޑޮލަރު ދޭން ނުޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދައުލަތުން 112 ޑޮލަރު ހޯދުމަށް ސްޕްރިމްކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ. 

އެ މައްސަލަ ސިވިލް ކޯޓާއި ހައިކޯޓަށް ވެސް މީގެކުރިން ޑަބްލިއުއެލްޓީން ހުށަހެޅި ނަމަވެސް އެ ދެ ކޯޓުން ވެސް ވަނީ 112 މިލިއަން ޑޮލަރު ޑަބްލިއުއެލްޓީ އަށް ދައުލަތުން ދައްކަން ނުޖެހޭނެ ކަމަށް ހުކުމް ކޮށްފައެވެ. އަދި އެޑްވާންސަށް ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ޑަބްލިއުއެލްޓީ އަށް ދިނުމަށް އެ ދެ ކޯޓުން ވެސް ވަނީ ހުކުމް ކޮށްފައެވެ.

މިމައްސަލައިގައި ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ އެކަށީގެންވާ ހެކި ހުށަހެޅިފައި ނުވާތީ އެ މައްސަލާގައި ޑަބްލިއުއެލްޓީން އެދިފައިވާ ބަދަލު ނަގައި ދެވޭނެ ތަނެއް ނެތް ކަމަށް ބުނެފައެވެ. އަދި ޑަބްލިއުއެލްޓީއަށް ދޭން އަމުރުކުރި 13 މިލިއަން ޑޮލަރަކީ ފައިނޭންސް ކޯސްޓްގެ ގޮތުގެ ބަދަލުގެ ހޯދަން އެދުނު އަދަދު ކަމަށެވެ. 

ނުސީދާ ގޮތަށް ގާސިމަށް ފާޑު ވިދާޅުވެ ގދ.ވާދޫގައި ބޭއްވި ކެންޕޭން ހަފްލާގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ ރައްޔިތުން އެދޭ ސޯލިހު ވެރިކަމެއް ގެނެއުމަށް މަސައްކަތް ކުރާ ބައެއް ކަމަށާއި، އަމިއްލަ ފައިދާއާ، އަމިއްލަ މަސްލަހަތަށް މަސައްކަތް ނުކުރާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެންމެ ފަރުދަކަށް 112 މިލިއަން ޑޮލަރު ދިވެހި ދައުލަތުން ދޭންޖެހޭ ކަމަށް ބުނެ މައްސަލަ ހުށަހަޅަންޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށާއި، ދައުލަތަށް ފައިސާދޭން ޖެހޭނީ ރައްޔިތުން ކަމަށެވެ. އަދި ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭނީ ޚިދުމަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެމްއެމްޕީއާރްސީގެ ރުފިޔާއަކީ 70 މިލިއަން ޑޮލަރު. މިހާރު ބޭނުންވެ ވަޑައިގެން އުޅުއްވަނީ 112 ޑޮލަރު . އަނެއްކާ ވެސް ޝަރީއަތުން އެކިގޮތް ގޮތުން ގުޑުވާލައިގެން އެކަން ކުރައްވާންވީ، މިއަދު ރައީސް ޔާމީން ދޫކުރުމަށް ހައިކޯޓުން އެއަމުރުކުރީ. އަމުރު މިކުރަނީ ކިހިނެތްތޯ. ކުރީގަ ޝަރީއަތް ފަށައިގެން ފަޑިޔާރުން އެތަނުން ދުރުކޮށްފައި އެހެން ފަޑިޔާރުން ތަކެއް އައިސް ކުރީގަ ފަށާފަ އޮތް ޝަރީއަތް އޮތްތަނުގަ ބާއްވާފަ އަލުން އަނބުރާ މިދޫކުރަނީ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 112 މިލިއަން ޑޮލަރަކީ ހުވަދޫ އަތޮޅު އެކީގައި ބިނާ ކުރެވޭނެހާ ފައިސާ ކަމަށެވެ. މިއީ ނަރުދަމާ ނިޒާމާއި، ސްކޫލާއި، މަގުތަކާއި، ސިއްހީ މަރުކަޒުގެ އިތުރުން ހޮސްޕިޓަލްތައް ތަރައްގީ ކުރެވޭ ފައިސާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް