ސަފާރީއެއްގައި ހޭނެތުނު ފަތުރުވެރިއަކު ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.
ފުލުހުން ބުނީ ވާވު އަތޮޅުގައި އޮންނަ އަލިމަތާ ރިސޯޓު ކައިރީ އޮތް ސަފާރީގައި ނޭވާ ހާސްވެ، އަންހެން ފަތުރުވެރިއަކު ހޭނެތުނު ކަމުގެ ރިޕޯޓު ލިބުނީ ބުރާސްފަތި ދުވަހުގެ 12:25 ގައި ކަމަށެވެ.
މިރިޕޯޓު ލިބުމާއެކު ފުލުހުންގެ ލޯންޗް އެ ސަފާރީ ކައިރިޔަށް ގޮސް، 55 އަހަރުގެ އެ އަންހެން މީހާ ފުލިދޫއަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ޓައިވާނަށް ނިސްބަތްވާ މިމީހާ މަރުވީ ފުލިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށެވެ.