އއ. ކުރަމަތި ރިސޯޓްގެ ފަޅު ތެރޭގައި އޮތް ލޯންޗެއްގެ ތެރޭގައި އެއްޗެއް ގޮވުމުގެ ސަބަބުން އެ ލޯންޗްގައި ރޯވެ އަޑިއަށް ހިނގައްޖެއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި، އެއްޗެއް ގޮވި އިރު ލޯންޗް ތެރޭގައި ހުރީ، އެ ލޯންޗްގެ ކައްޕި އެކަނި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ލޯންޗްގައި އެއްޗެއް ގޮވުމާ އެކު ކައްޕި ވަނީ މޫދަށް ފުއްމާލުމަށް ފަހު ސަލާމަތްވެފައެވެ. އޭނާއަށް ކުދި އަނިޔާތަކެއް ލިބުނު އިރު، މިހާރު އއ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ދިނުމަށް އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ލޯންޗްގެ ކެޕްޓަނާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ، ލޯންޗްގައި އެއްޗެއް ގޮވީ، ލޯންޗް ސްޓާޓް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހަދިސާގެ ޚަބަރު ފުލުހުންނަށް ލިބިފައި ވަނީ ހެނދުނު 7:48 ހާއިރެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކައްޕި ލޯންޗްގައި ދާން އުޅުނީ ރިސޯޓަށް އަންނަން އޮތް ފަތުރުވެރިންތަކެއް ބަލައެވެ.