Advertisement
ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 10:01
ރައީސް ސޯލިހު ރައީސް ނަޝީދާ އެކު: އެ ވާހަކަ ވިދާޅުވީ އަސާސީގަވާއިދާ ހަވާލާ ދެއްވައި
ރައީސް ސޯލިހު ރައީސް ނަޝީދާ އެކު: އެ ވާހަކަ ވިދާޅުވީ އަސާސީގަވާއިދާ ހަވާލާ ދެއްވައި
ރާއްޖެ އެމްވީ
އެމްޑީޕީގެ ލީޑަރޝިޕް
އަޅުގަނޑަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު: ރައީސް ސޯލިހު
އެ ވާހަކަ ވިދާޅުވީ އަސާސީ ގަވާއިދާ ހަވާލާ ދެއްވައި
ރައީސް އެހެން ވިދާޅުވީ ފަށާއިރު ޕްރޮގްރާމްގައި
އެމްޑީޕީ އިސް ފަރާތުގެ ވާޖިބުތައް ގަވާއިދުގައި ތަފްސީލު ކޮށްދީފައިވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ރައީސް ސޯލިހު އެހެން ވިދާޅުވީ ރާއްޖެޓީވީގެ "ފަށާއިރު ޕްރޮގްރާމް" ގައި ބުދަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނަކީ ޕާޓީގެ އެންމެ އިސް ލީޑަރު ކަމަށް އެމްޑީޕީގެ އަސާސީގަވާއިދުގައި ބުނެފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެވެން އޮތް ކަމެއް ކޮށްދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އިނގޭތޯ. އެއީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެކަން އޮތް ގޮތް. އަޅުގަނޑު ވެރިކަމުގައި ހުއްޓަސް، އަޅުގަނޑު ޖެހޭނެ ޕާޓީއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން. އެނގިވަޑައިގަންނަވާ ކުރިއަށް އޮތް މަޖިލީހަށް އަޅުގަނޑުމެއް އެކީގައި ވަޑައިގަންނަވަން އެއްބަހެއް ނުވެވުނު. އެހެންވީމަ ވިސްނާފަ ޕާޓީގެ ކެމްޕެއިންގައި ފުލްކޮށް އަޅުގަނޑު ނުކުތީ،" އެމްޑީޕީގެ ކޮންގްރެސްގެ 791 މެމްބަރުންގެ އިއްތިފާގުން ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ރައީސް ސޯލިހު ވިދާޅުވިއެވެ.

 

ރާއްޖެޓީވީ ފަލަށާއިރު ޕްރޮގްރާމްގައި އާމިރު ސަލީމް(ކ) އަރިހުގައި ރައީސް ސޯލިހު

އެމްޑީޕީގެ އަސާސީގަވާއިދުގެ 75 ވަނަ މާއްދާގައި ބުނެފައި ވަނީ ޕާޓީ ވެރިކަމުގައި އޮންނައިރު، އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފަރާތަކީ އެ ބޭފުޅެއް ކަމަށެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައިވެއެވެ.

އެމްޑީޕީގެ އެންމެ އިސް ފަރާތުގެ ވާޖިބުތަކުގެ ތެރޭގައި އަސާސީ ގަވާއިދުގައި ބުނެފައި ވަނީ ޕާޓީގެ އެއްބައިވަންތަކަން ގާއިމުކޮށް ދެމެހެއްޓުމަށްޓަކާ ޕާޓީގެ އަސާސީ ގަވާއިދުގެ ހުދޫދުގެ ތެރޭގައި ޕާޓީގެ ގުނަންތަކާ މަޝްވަރާކޮށް، އެ ފަރާތްތަކާ އެކުއެކީގައި މަސައްކަތް ކުރުން ކަމަށެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމެޓީ އާއި ޕާލަމެންޓްރީ ގްރޫޕުގެ މަޝްވަރާގެ މަތިން ޕާޓީގެ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމަކީ ވެސް ޕާޓީގެ އެންމެ އިސް ފަރާތުގެ ވާޖިބެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް