Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 19:39
ކްރިމިނަލް ކޯޓް: މަރުގެ އިންޒާރު ދީފައިވަނީ ފޭރުމުގެ މައްސަލައެއްގައި ކޯޓަށް ވަޑައިގެންނެވި ވަކީލަށް
ކްރިމިނަލް ކޯޓް: މަރުގެ އިންޒާރު ދީފައިވަނީ ފޭރުމުގެ މައްސަލައެއްގައި ކޯޓަށް ވަޑައިގެންނެވި ވަކީލަށް
މުހައްމަދު ޝަރުހާން
ވަކީލަށް ނުރައްކާތެރި އިންޒާރު
"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"
ކޯޓުން ދަނީ މައްސަލަ ބަލަމުން
އެހެން ވަކީލަކަށް ހަމަލާދީފައި ވެސް ވޭ

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލަކަށް ނުރައްކާތެރި އިންޒާރެއް ދީފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުގެ އިންޒާރު ދީފައިވަނީ ފޭރުމުގެ ކުށުގެ ދައުވާއެއްގެ ޝަރީއަތަށް ކޯޓަށް ހާޒިރުވި ދައުލަތުގެ ވަކީލު އާދަމް މުހައްމަދަށެވެ.

ފޯނެއް ފޭރިގަތް އެ މައްސަލާގައި ދައުވާ ކޮށްފައިވަނީ މ. މައިމަގުމަތީގޭ މުހައްމަދު ހިލާލް ނައީމާއި، މ. ލިޔާއާގޭ ދާއޫދު މަމްދޫހުގެ މައްޗަށެވެ.

ދައުލަތުގެ ވަކީލަށް އިންޒާރު ދީފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 1:00 ގައި ބޭއްވި އެ މައްސައިގެ ޝަރީއަތުގެ އަޑުއެހުމުގަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތުގެ ވަކީލަށް އިންޒާރު ދީފައިވަނީ "މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން،" އަދި "ތަނެއް ފަޅާލައި، ދުއްވާލާނަމޭ" ބުނެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ބަލައިދިނުމަށް ކޯޓަށް ހުށަހަޅާފަ އެވެ. އަދި ކޯޓުން އެ މައްސަލަ ބަލަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

ދައުލަތުގެ ވަކީލަށް މަރުގެ އިންޒާރު ދިން އިރު، މިދިޔަ ހަފްތާ ތެރޭގައި ދައުލަތުގެ އެހެން ވަކީލަކަށް ކޯޓު ތެރޭގައި ހަމަލާދީފައިވެސް ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް