Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 23:07
ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް
ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް
ރާއްޖެ އެމްވީ
ފިހާރައެއް ފަޅާލުން
ފިހާރައެއް ފަޅާލާ ފައިސާތަކެއް ވަގަށްނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 33 އަހަރުގެ ފިރިހެނެއް
އެމީހާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ

ގަލޮޅުގައި ހުންނަ ފިހާރައެއް ފަޅާލައި 50،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ރާއްޖެ.އެމްވީއަށް މައުލޫތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަޅާލާފައި ވަނީ ގަލޮޅުގައި ހުންނަ "އެމްއޭ ސާރވިސް ކޮމްޕްލީޓް ސޮލިއުޝަން" ނަމަކަށް ކިޔާ ފިހާރައެއް ކަމަށާއި އެ ފިހާރައިން 2600 އެމެރިކާ ޑޮލަރާއި 13500 ރުފިޔާ ވަގައް ނަގާފައިވާ ކަމަށެވެ. މި ފައިސާގެ ޖުމްލަ ޢަދަދު 53000 އަށް އަރައެވެ. 

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދިި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މާލެ އާއި ރަށްރަށުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް މިހާރަކަށް އައިސް ގިނަވެފައިވާއިރު މިދިޔަ ބުދަ ދުވަހު މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި، ދެ މިލިއަން ރުފިޔާ ވަނީ ފޭރިގެންފަ އެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. 

އޭގެކުރިން، މި މަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ސައިކަލުތަކެއްގައި ގޮސް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންޑިއާގެ މީހެއްގެ އަތުން ފޭރިގެންފަ އެވެ. މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ވެސް ފޭރުމުގެ ބޮޑެތި މައްސަލަތައް ހިންގާފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް