ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 08:47
ނިއުޔޯކުގައި ހުންނަ ކައުންސިލް ޖެނެރަލްގެ އެޕާޓްމަންޓް
ނިއުޔޯކުގައި ހުންނަ ކައުންސިލް ޖެނެރަލްގެ އެޕާޓްމަންޓް
ސިޓީ ރިއަލްޓީ
އިނިގިރޭސިވިލާތް
އިނިގިރޭސި ސަރުކާރުގެ ޑިޕްލޮމެޓަކު ދިރިއުޅެން 15.9 މިލިއަން ޑޮލަރުގެ އެޕާޓްމަންޓެއް!
ސަރުކާރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ފާޑުކިޔާފައި
އޭގެ ދިފާއުގައި އިނގިރޭސި ސަރުކާރުން ބުނީ އެއީ ކޮންސުލް ޖެނެރަލް ހުންނަވަން އެއްމެ ރަނގަޅު ތަން ކަމަށް

އިނގިރޭސިވިލާތުގެ ސަރުކާރުން, އެމެރިކާގައި ހުންނަ އެ ގައުމުގެ ކޮންސުލް ޖެނެރަލްއަށް 15.9 މިލިއަން ޑޮލަރުގެ އަގުހުރި ލަގްޒަރީ އެޕާޓްމަންޓެއް ނިއުޔޯކުން ގަންދީފިއެވެ.

ނިއުޔޯކުގައި ހުންނަ ފިފްޓީ ޔުނައިޓެޑް ނޭޝަންސް ޕްލާޒާގެ 38ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓަކީ ކޮންސުލް ޖެނެރަލް ހުންނަވަން އެއްމެ ރަނގަޅު ތަން ކަމަށް އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ވަނީ ބުނެފައެވެ. އަދި އެއީ އެތަނަށް ލިބުނު "އެއްމެ ރަނގަޅު އަގު" ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

އެ އެޕާޓްމަންޓު ބޭނުން ކުރެވޭނީ، ދުނިޔޭގެ އެއްމެ ބޮޑު އިގްތިސާދު (އެމެރިކާ)ގައި އިނގިރޭސިވިލާތް ޕްރޮމޯޓް ކުރަން ކަމަށް ވެސް ފޮރިން އޮފީހުން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެމެރިކާއަކީ އިނގިރޭސިވިލާތުން އެއްމެ ގިނަ އަދަދެއްގެ މުދާ އެކްސްޕޯޓް ކުރާ ގައުމެވެ.

މިހާ އަގު ބޮޑުކޮށް އެޕާޓްމަންޓު ގަތުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އިނގިރޭސި ސަރުކާރަށް ފާޑު ކިޔާފައެވެ. އެގޮތުން އިދިކޮޅު ލޭބަރ ޕާޓީގެ އެމްޕީއަކު ވިދާޅުވީ "ބްރެކްސިޓުން ކޮންމެވެސް އެއް ބަޔަކަށް ފައިދާތަކެއް ވާނެ ކަމަށް ޓްވިޓަރގައި ލިޔުއްވާފައެވެ. ސޯޝަލް މީޑިއާގައި އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ވަނީ މިކަމާއި ނުރުހުން ފާޅުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.  

ނިއުޔޯކުގައި ހުންނަ އެޕާޓްމަންޓަކީ 5893 އަކަ ފޫޓުގެ ޖާގައިގެ ހަދާފައިވާ ތަނަވަސް އެޕާޓްމަންޓެކެވެ. އެ ތަނުގައި ލައިބްރަރީއަކާއި ހަ ކޮޓަރި ހިމެނޭ އިރު، އެ ތަން ހުންނަ ބިލްޑިންއަކީ މަޝްހޫރު އިނގިރޭސި އާކިޓެކްޓެއް ކަމުގައިވާ ނޯރމަން ފޮސްޓަރގެ ފަރުމާއެކެވެ.

- ކޮމެންޓް