Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 22:52
މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާޓިފިޝަލް ބީޗް ސަރަހައްދުގައި
މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާޓިފިޝަލް ބީޗް ސަރަހައްދުގައި
ޓްވިޓަރ
އާޓިފިޝަލް ބީޗް
އާޓިފިޝަލް ބީޗް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
މަޝްރޫއު ނިންމުމަށް ސަރުކާރުން އެމްޓީސީސީއަށް ދީފައިވަނީ ފަސް މަސް

އާޓިފިޝަލް ބީޗް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އާޓިފިޝަލް ބީޗް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުރީގެ ސަރުކާރުން އެމްޓީސީސީއާ އެކު އެކުލަވާލި އެއްބަސްވުމުގެ ދަށުންނެވެ.

މިދިޔަ އަހަރުގެ މެއި މަހު، އޭރުގެ ސަރުކާރުން އެމްޓީސީސީ އާއެކު އެކުލަވާލި އެއްބަސްވުމުގައިވާގޮތުން އެއީ 13 މިލިއަން ރުފިޔާ މަޝްރޫއެެކެވެ. އެ މަޝްރޫއު ނިންމުމަށް ސަރުކާރުން އެމްޓީސީސީއަށް ދީފައި ވަނީ ފަސް މަހެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އާޓިފިޝަލް ބީޗް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ ބިން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފެންސުޖެހުމަށްފަހު މަސައްކަތް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ. ނަމަވެސް ފެންސްޖަހައި މަސައްކަތް ކުރިއަސްގެންދާނީ އާންމުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް އޭނާ ވިދާޅުވިއެވެ. 

ޝަމާއު ވިދާޅުވީ މަސައްކަތް ފެށިއިރު، ޑިޒައިންނަސް ކުދި ކުދި ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ކުރިއަށްގެންދާނީ އެ މޫދު ހިމެނޭ ސަރަހައްދު މެއިންޓެއިން ކުރުމުގެ މަސައްކަތް ކަމަށް އެނާ ވިދާޅުވިއެވެ. 

"ފަސް އެރުމުގެ ސަބަބުން މޫދުވެސް އޮތީ ވަރަށް ބޮޑަށް ތިލަވެފައި. މޫދުވެސް ފުންކުރާނެ" ޝަމާއު ވިދާޅުވި އެވެ. 

އާޓިފިޝަލް ބީޗް ތަރައްޤީ ކުުރުމުގެ މަސައްކަތް ފެށިއިރު، މިދިޔަ އަހަރުން ފެށިގެން އެ ސަރަހައްދުގެ ހުރި ކެފޭތައް ހުސްކޮށް، ސަރަހައްދު އޮތީ ހުހަށް ބާއްވާފައެވެ. އޭގެ ފަހުން ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު ޕާކްކުރުމަށް ވެސް އެ ސަރަހައްދު ބޭނުންކޮށްފައިވެއެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަންނަނީ މާލޭގެ އެހެން ސަރަހައްދުތައް ވެސް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމުންނެވެ. އެގޮތުން ރާޅުގަނޑު ސަރަހައްދުގައި ޕާކެއް ހެދުމަށް އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް