Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 21:02
މާލޭގައި ހުންނަ ކަޅުވަކަރު މިސްކިތް
މާލޭގައި ހުންނަ ކަޅުވަކަރު މިސްކިތް
މުހައްމަދު ޝަރުހާން
ސަގާފީ ތަރިކަ
ތަރިކައިގެ ވަގުތީ ދަފްތަރުގައި 400 އަށްވުރެ ގިނަ އާސާރީ ތަރިކަ!
ޖުމްލަ 462 އާސާރީ ތަރިކައެއްގެ މައުލޫމާތު ހިމަނާފައިވޭ

ރާއްޖޭގެ ސަގާފީ ތަރިކައިގެ ވަގުތީ ދަފްތަރެއް އެކުލަވާލާފައިވާއިރު، އެ ލިސްޓުގައި 400 އަށްވުރެ ގިނަ އާސާރީ ތަރިކަ ހިމެނޭ ކަމަށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނެފިއެވެ.

ބުދަ ދުވަހު އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރަށު ކައުންސިލްތަކާއި، ތާރީޚު ދިރާސާކުރައްވާ ބޭފުޅުންގެ ފޮތްތަކާއި، ކަމާގުޅުންހުރި ފަރާތްތަކުގެ އިތުރުން އާންމުންގެ ޚިޔާލު ހޯދުމަށްފަހު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ވަގުތީ ދަފްތަރެއް އެކުލަވާލާފައިވާ ކަމަށާއި، މި ދަފްތަރު އިތުރަށް ފުރިހަމަކޮށް މައުލޫމާތު ކަށަވަރު ކުރުމަށްޓަކައި އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ޚިޔާލު ފޮނުވޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. 

އިމާރަތްތަކާއި، އާސާރީ ތަކެއްޗާއި، އާސާރީ ސަރަހައްދުތައް ފަދަ އެކި ދާއިރާތަކަށް ބަހާލައިގެން ތައްޔާރުކޮށްފައިވާ މި ދަފްތަރުގައި ޖުމުލަ 462 އާސާރީ ތަރިކައެއްގެ މައުލޫމާތު ހިމަނާފައިވާއިރު، އެ ތަރިކައެއް ހުންނަ ރަށާއި، ތަރިކައަށް ދެވިފައިވާ ނަމާއި، އެއާ ގުޅޭ ތަފްސީލުތައް ވަނީ ބަޔާންކޮށްފައެވެ.

ސަގާފީ ތަރިކައިގެ ދަފްތަރެއް އެކުލަވާލާފައިވާއިރު، ސަގާފީ ތަންތަން ހިމާޔަތް ކުރުން ލާޒިމްވާ ގޮތަށް ގާނޫނެއް ހެދުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ކޮންމެ ރަށެއްގައި ވެސް ހުރި ތަރިކަ އާއި ދުވަސްވީ ބިނާތަކާއި އާސާރު އެކުލެވޭ ތަންތަނާއި ތާރީޚާ ގުޅިފައިވާ ތަކެއްޗަކީ އެ ރަށެއްގެ އެންމެ މުހިންމު އައިޑެންޓިޓީ ގޮތުގައި ހަދައި ތަރިކައިގެ ލިސްޓެއް އެކުލަވާލުމަކީ ވެސް 100 ދުވަހުގެ ވައުދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް