ކ. މާލެ
|
27 މާރޗް 2019 | ބުދަ 21:03
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރިޕަބްލިކަން ސެނޭޓަރ ލިންޑްސީ ގްރަހަމް، އަދި އެމެރިކާއިން އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވަ މަންދޫބު ޑޭވިޑް ފްރީޑްމަން ގޯލާން އުސް ބިިމު
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރިޕަބްލިކަން ސެނޭޓަރ ލިންޑްސީ ގްރަހަމް، އަދި އެމެރިކާއިން އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވަ މަންދޫބު ޑޭވިޑް ފްރީޑްމަން ގޯލާން އުސް ބިިމު
ރޮއިޓަރސް
ގޯލާނުގެ އުސްބިންތައް
ގޯލާނުގެ އުސްބިންތަކުގެ މައްސަލައިގައި ސަަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް ސީރިޔާ އިން ގޮވާލައިފި
އިސްރާއީލުން ގޯލާން ހިފާފައި ވަނީ 1967ގެ ހަ ދުވަހުގެ ހަނގުރާމައިގައި

ގޯލާނުގެ އުސްބިންތަކަކީ އިސްރާއީލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ސީރިޔާ އިން ގޮވާލައިފިއެވެ.

އިސްރާއީލުން 1967ގެ ހަ ދުވަހުގެ ހަނގުރާމައިގައި ސީރިޔާގެ އަތުން ހިފާފައިވާ ގޯލާނުގެ އުސްބިންތަކަކީ އިސްރާއީލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލައިގަނެ ސޮއިކުރައްވާފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންތާހޫއާ އެެކު ވޮޝިންޓަންގައި ހޯމަދުވަހު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ހަ ދުވަހުގެ ހަނގުރާމައިގައި އަތުލި ތަންތަނުގެ އިތުރުން  1981 ވަަނަ އަހަރު ހިފާފައިވާ ސަރަހައްދު އިތުރުކޮށްފައިވާއިރު އެ ތަނަކީ އިސްރާއީލުގެ ސަރަހައްދެއް ކަމަށް އދ. އާއި ބައިނަލްއަގްވާމީ މުޖުތަމައުއިން ބަލައެެއް ނުގަނެއެވެ.

ސީރިޔާ އިން އދ. އަށް ކަނޑައަޅާފައިވާ މިޝަންއިން ސަލާމަތީ މަޖިލީހުގެ ރައީސްއަށް ފޮނުވާފައިވާ ސިޓީގައި ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިފައެެވެ.

ސަލާމަތީ މަޖިލީހުގެ ރިޔާސަތު ފްރާންސަށް އޮތްއިރު ބައްދަލުވުމެެއް އަދި ތާވަލުކޮށްފައެއް ނުވެއެވެ. ނަަމަވެސް ޑިޕްލޮމޭޓުން ވިދާޅުވެފައިވަނީ ސީރިޔާގެ ހުށަހެޅުމާމެދު މަޝްވަރާކުރުން އޮންނާނެއެވެ.

އެމެރިކާއިން މި މަހު ނެރުނު އިންސާނީ ހައްގުތަކާ ބެހޭ އަހަރީ ރިޕޯޓްގައި ގޯލާނުގެ އުސް ބިންތަކުގެ ވާހަކަ އައިސްފައިވާ އިރު "އިސްރާއީލުން ހިފާފައިވާ" މި ލަފްޒް ކަނޑާލާފައިވާކަން ވެސް ވަނީ ފާހަގަވެފައެވެ.

- ކޮމެންޓް