Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 18:47
ރައީސް ނަޝީދު ގދ. ތިނަދޫއަށް ވަޑައިގެންނެވުމުން، މުޣުނީ މަރުހަބާ ދަންނަވަނީ
ރައީސް ނަޝީދު ގދ. ތިނަދޫއަށް ވަޑައިގެންނެވުމުން، މުޣުނީ މަރުހަބާ ދަންނަވަނީ
ރާއްޖެ އެމްވީ
ގދ. ތިނަދޫ
މައްސަލަ ބޮޑުވެފައި ވަނިކޮށް ނަޝީދު ތިނަދޫގައި، އަރިހުގައި މުޣުނީ
މުޣުނީގެ މައްސަލާގައި ނަޝީދު އަދި އެއްޗެއް ވިދާޅެއް ނުވޭ

އެމްޑީޕީން ތާއިދު އަނބުރާ ގެންދިޔަ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަބްދުލް މުުޣުނީ، ރީތި ނަމޫނާއެއް ދައްކަވައި އޭނާ އިސްވެ ހުންނަވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިނަދޫއިން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ބުދަ ދުވަހުގެ ހަވީރު ރައީސް ނަޝީދު ތިނަދޫއަށް ވަޑައިގެންނެވުމުން، މުޣުނީގެ އިތުރުން އެމްޑީޕީ ޓިކެޓުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަ ކުރައްވާ އަބްދުﷲ ސަނީފު ވެސް ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާ ދަންނަވާފައެވެ.

ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހްމަތުގައި މުޣުނީއަށް ކުރި ތާއިދު އެމްޑީޕީން އަނބުރާ ގެންދިޔަކަން އިއުލާން ކުރީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވެފައި ވަނީ މުޣުނީއަށް ކުރާ ތާއިދު އަނބުރާ ގެންދިއުމުން، އޭނާއަށް ތާއިދު ހޯދުމަށް ހިންގާ ހަރަކާތުގައި އެމްޑީޕީގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅެއް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު ތިނަދޫއަށް ވަޑައިގެންނެވުމުން، އެމަނިކުފާނުގެ އަރިހުގައި މުޣުނީ-- ފޮޓޯ/ މުހައްމަދު މާނިޝް ސަލާހު

ނަމަވެސް ނަޝީދު ބުދަ ދުވަހު ހަވީރު ތިނަދޫއަށް ވަޑައިގެންނެވުމުން، މުޣުނީގެ ސަޕޯޓަރުން ބައިވެރިވެވަޑައިގެން ކުރިއަށް ގެންދިޔަ މަރުހަބާ، ބައި ގަޑިއިރަށް ދިގުދެމިގެންދިޔައެވެ. މުޣުނީ ތާއިދު ނުކުރަން އެމްޑީޕީން ނިންމުމާ ގުޅިގެން ތިނަދޫގައި އިހްތިޖާޖުތައް ކުރި ނަމަވެސް، ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތުގައި ދެކޮޅުވެރިކަމެއް ދައްކާފައެއް ނުވެ އެވެ. 

މުޣުނީގެ ކެމްޕެއިން ހަރަކާތްތައް ތިނަދޫގައި އިތުރަށް ވަރުގަދަވެފައި ވަނީ ގެވެށި އަނިޔާގެ މައްސަލައެއް ހުށައެޅިފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.

މުޣުނީ މީގެ 10 އަހަރު ކުރިން ކައިވެނިކޮށް، ވަރިކޮށްފައިވާ އޭނާގެ ކުރީގެ އަންހެނުން ފެންމަތިކުރި ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން މުޣުނީ ރާއްޖެއެމްވީ އަށް ވިދާޅުވީ އެއީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިނާ ގުޅިގެން، ތިނަދޫގައި ބުދަ ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެ ޖަލްސާ ފަށާނީ ބުދަ ދުވަހުގެ ރޭ 9:00ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 މާރޗް 2019 | ބުދަ 14:44
3 vanavisnun
Furathama amilla an kushen kurevuneema gabool kuranvee,fahuhga isnagaa namoonaa akanvanvan Vee.Aniyaa Vanee aniyaa an.