Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 17:40
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓިއަށް ވަޑައިގަތުމުން، އެމަނިކުފާނަށް އެ ސިޓީން މަރުހަބާ ދަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓިއަށް ވަޑައިގަތުމުން، އެމަނިކުފާނަށް އެ ސިޓީން މަރުހަބާ ދަންނަވަނީ
އެމްޑީޕީ
އައްޑޫ ސިޓީ
ނިހާދުގެ ކެމްޕެއިންނަށް ރައީސް ސޯލިހު އައްޑޫ ސިޓީގައި
ފޭދޫ އާއި ހިތަދޫއަށް ވަޑައިގަންނަވާނެ

އައްޑޫ ސިޓީ ފޭދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ މުހައްމަދު ނިހާދަށް ކެމްޕެއިން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ހޯމަ ދުވަހުގެ ހަވީރު ރައީސް ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން، އައްޑޫ ސިޓީގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ހަރަކާތުގައި އައްޑޫ ސިޓީ ކައުންސިލަރުންނާއި އެ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެން، ފޭދޫ ސްކޫލުގެ ޓީޗަރުންނާއި ބެލެނެވެރިންނާ ވަނީ ބައްދަލު ކުރައްވައި، އެބޭފުޅުންގެ ކަންބޮޑުވުން ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ. އަދި އެ ސްކޫލުގައި ވަނީ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައި ހިޔާލު ބަދަލު ކުރައްވާފައެވެ.

ބުދަ ދުވަހުގެ ހަވީރު ފޭދޫގައި ބާއްވާ ފުޓްބޯޅަ މެޗެއްގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާފައެވެ.  އެއަށް ފަހު ހިތަދޫއަށް ވަޑައިގަންނަވާނެއެވެ. އަދި ހިތަދޫގައި ފެނަކައިން ހިންގާ އިންޖީނުގެއަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާނެއެވެ.

ރައީސް ސޯލިހް ވަނީ މި މަހުގެ ކުރީކޮޅު ވެސް އައްޑޫ އަށް ވަޑައިގެންފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 މާރޗް 2019 | ބުދަ 14:13
ތެއުމޯލެ އަށްލާ
ނިހާދަކީ ވަރަށް އަހުލާގީފެންވަރު ދަށްމީހެށް އެނޫން މީހަކު ފޭދޫން ނުވީތަ...؟ އެމްޑީޕީ ގިނަމީހުން ބޭނުމެޢް ނުވޭ ނިހާދައް ވޯޓުލާން ކުޑަކުދިން ތެރޭ ދުންފަތުގެ އިސްތިއުމާލް ކުރުން އަހަރުމެން ލަދުގަނޭ ފޭދޫ މީހެކޭ ބުނަންވެސް' ނިހާދު ރަނގަޅުވާނެ މަގުމަތީ ޒުވާބުކުރަން ފޭސްބުކް ޓުވިޓާރގަ' އަހަންނަކީ އެމްޑީޕީ އުފެދުނީއްސުރެން ރައްލާޖެހި އެމްޑީޕީ މީހެށް މިފަހަރަ ނިދޭށުމާ ނިހާދުއަކައް އައިބީ އަށްލާނެއި