މުމްބާއީން ފުރައިގެން 263 ފަސިންޖަރުންނާ އެކު ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޯ އެއަރލައިންސްގެ ފްލައިޓަކަށް އަންގާރަ ދުވަހު ދިން ބޮމުގެ ހަމަލާގެ އިންޒާރަކާ އެކު ސިންގަޕޯ އެއަރފޯސްގެ އެފް 16 ގެ ދެ ބޯޓަކުން އެ ފްލައިޓް އެސްކޯޓްކޮށްދީފިއެވެ.
ސިންގަޕޯ އެއަލައިންސްއިން ބުނީ ސިންގަޕޫރުގެ ޗަންގީ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހެނދު 5 ޖަހާކަންހާއިރު ރައްކާތެރިކަމާ އެކު ބޯޓް ޖައްސާފައިވާ ކަމަށެވެ.
"މުމްބާއީއިން ފުރައިގެން ސިންގަޕޯރއަށް ދަތުރުކުރި ސިންގަޕޯރ އެއަރލައިންސްގެ ފްލައިޓް އެސްކިއު423އަށް ބޮމުގެ ހަމަލާއެއްގެ ބިރުވެރިކަން ކުރިމަތިވިކަން ކަށަވަރުކޮށްދެން. ނޯޓް ސިންގަޕޫރަށް އައިސްފައިވަނީ މާރިޗް 2019،26 ގައި 0800 ހާއިރު"
"ބޯޓުގައި 263 ފަސިންޖަރުން ތިބި. އަޅުގަނޑުމެން މިދަނީ އިދާރާތަކުން ކުރިޔަށް ގެންދާ ތަހުގީގަށް އެއްބާރުލުން ދެމުން. އިތުރު މައުލޫމާތު މިވަގުތު ދެވެން ނެތީތީ ހިތާމަކުރަން" އެއަރލައިނުން ނެރެފައިވާ ބަޔާނުގައި ވެއެވެ.
ސިންގަޕޯ އެއަރފޯސްގެ ދެ ޖެޓަކުން ވަނީ ބޯޓް ޗަންގީ އެއަރޕޯޓްުގައި ޖެއްސުމާ ހަމައަށް އެސްކޯޓްކޮށްދީފައެވެ.
އެއަރލައިނުން ބުނެފައި ވަނީ އަންހެނަކާ ކުޑަކުއްޖަކު ފިޔަވައި އެހެން ފަސިންޖަރުން ގޮސްފައިވާ ކަމަށެވެ.
އެ ދެ މީހުން މަޑުކުރުވާފައި ވަނީ ފުލުހުން ކުރަމުންދާ ތަހުގީގުގައި ސުވާލުކުރުމަށް ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެއަރލައިނަށް ކޯލް އައިސްފައި ވަނީ ހޯމަ ދުވަހުގެ ރޭ 11:35 ހާއިރު މުމްބާއިގެ އެއަރޕޯޓުން ބޯޓް ނައްޓާލިތަނުންނެވެ. ކޯލް ކުރި ފަރާތުންވަނީ ބޯޓުގައި ބޮމެއް އޮންނާނެ ކަމަށް ބުނެފައެވެ.
ފްލައިޓް އެވެއަރ ވެބްސައިޓްގައިވާ ގޮތުން ބޯއިންގ 777-300 އީއާރް މުމްބާއީގެ ޗަތްރަޕަތީ ޝިވާޖީ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާފައި ވަނީ އިންޑިއާގެ ގަޑިން ރޭގަނޑު 11:36 ގައެވެ.
ބޯޓް ސިންގަޕޫރުގައި ޖައްސާފައި ވަނީ ޝެޑިއުލް ކުރެވިފައި އޮތް ގަޑިއަށް ވުރެ 31 މިިނިޓް ފަހުން ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެއެވެ.