ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 16:28
ދިޔާ އޯރް ބާތީ
ދިޔާ އޯރް ބާތީ
ގޫގުލް
ދިޔާ އޯރު ބާތީ
"ދިޔާ އޯރު ބާތީ ހަމް"ގެ ފޭނުންނަށް އުފާވެރި ޚަބަރެއް
ސީރީޒް ނިމިފައި ވަނީ މިދިޔަ އަހަރު

ހިންދީ ޑްރާމާ ބެލުންތެރިންގެ މެދުގައި މަޤުބޫލުކަމެއް ހޯދާފައިވާ ޑްރާމާ "ދިޔާ އޯ ބާތީ ހަމް"، ފަސް އަހަރު ވަންދެން ދެއްކުމަށް ފަހު މިދިޔަ އަހަރު ވަނީ  ނިންމާލާފައެވެ.

ސީރީޒް ނިންމާލިތާ ހަތް މަސް ފަހުން މި ސީރީޒްގެ ބެލުންތެރިންނަށް މިވަނީ އުފާވެރި ޚަބަރެއް ލިބިގެން ގޮސްފައެވެ. އެއީ ސީރީޒްގެ ސީކުއަލްއެއް އަންނަން އުޅޭ ވާހަކައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މި ސީރީޒްގެ ސީކުއަލްގެ ޝޫޓިންގ މިހާރު ވަނީ ފަށާފައެވެ. މި ސީރީޒްގެ ސީކުއަލް ބެލުންތެރިންނަށް ފެނިގެންދާނީ  "ތޫ ސޫރަޖް މޭ ސާންޖީ ޕިޔާންޖީ" ގެ ނަމުގައެވެ.

މި ސީރީޒްގެ ސީކުއަލްއާ ގުޅޭ ގޮތުން ވާހަކަދައްކަމުން "ދިޔާ އޯ ބާތީ ހަމް"ގެ މައި  ކެރެކްޓަރެއް ކަމަށްވާ ބާބޫ ބުނީ ޑުރާމާގެ ސީކުއަލްގައި އޭނާ ފެނިގެންދާނީ މަޑުމައިތިރި މީހެއްގެ ގޮތުގައެވެ. އެހެންނަމަވެސް ކުރިން ފެނިގެންދިޔަ ބާބޫގެ އަސްލު ކެރެކްޓަރ މި ސީކުއަލްގައި ވެސް ފެނިގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ބާބޫ ބުނެފައި ވަނީ ސީރީޒްގެ ސީކުއަލްއެއް ހަދަނީ ބެލުންތެރިންގެ މަޤްބޫލުކަން މި ޑުރާމާ ސީރީޒްއަށް ލިބިފައިވާ މިންވަރުން ކަމަށާއި ސީކުއަލްގައި އޭނާއަށް ވެސް ހަރަކާތްތެރިވެވޭތީ އެކަމާ އުފާވާ ކަމަށެވެ.

ސީކުއަލްއާ ގުޅޭ ތަފްސީލީ މަޢުލޫމާތުތަކެއް ބާބޫ މީޑިޔާއާ ހިއްސާކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިޑުރާމާގައި ކުރިން ފެނިގެންދިޔަގޮތަށް އަންހެނުން ބާރުވެރި ކުރުވުން ސީކުއަލްއިން ވެސް ފެނިގެންދާނެ ކަމަށް ބާބޫ ވަނީ ބުނެފައެވެ.

މި ސީރީޒުގެ ނިމުން ގެނެސްދީފައިވަނީ ސީރީޒްގެ މައި ދެ ކެރެކްޓަރ ކަމަށްވާ ސަންދިޔާ އާއި ސޫރަޖް ވަނީ މަރުވެގެންދާ ގޮތަށެވެ. ޑުރާމާގެ ސީކުއަލް ގައި ގެނެސްދެނީ އޭގެ 20 އަހަރު ފަހުން މި ދެމީހުންގެ ދަރިންގެ ދިރިއުޅުމެވެ. މި ސީކުއަލްގެ ޕްރޮމޯ ވަރަށް އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނެކަމަށާއި ސީރީޒްގެ ސީކުއަލް އަންނަ މަރޗްމަހު ފެނިގެންދާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް