ކ. މާލެ
|
25 މާރޗް 2019 | ހޯމަ 12:32
ވޯޓުން ކުރީގައި އުޅެނީ ޕަލަންގ ޕްރަޗަރާތު ޕާޓީ
ވޯޓުން ކުރީގައި އުޅެނީ ޕަލަންގ ޕްރަޗަރާތު ޕާޓީ
ބީބީސީ
ތައިލެންޑްގެ އިންތިޚާބު
ތައިލެންޑްގެ އިންތިޚާބު: އަސްކަރިއްޔާގެ ތާއީދު ލިބިފައިވާ ޕާޓީ ކުރީގައި
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 52 މިލިއަން މީހުންނަށް ލިބިފައިވޭ

ތައިލެންޑްގައި 2014 ވަަނަ އަހަރު ގެނައި ބަޣާވާތަށްފަހު ބޭއްވި ފުރަތަމަ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އަސްކަރިއްޔާގެ ތާއީދު ލިބިފައިވާ ޕާޓީ ކުރި ހޯދައިފިއެވެ.

އެތައް ފަހަރެއްގެ މަތިން ފަސްކުރަމުން ގޮސް އާދީއްތަ ދުވަހު ބޭއްވި އިންތިޚާބުގެ 90 ޕަސެންޓް ވޯޓް ގުނާފައި ވާއިރު ޕަލަންގ ޕްރަޗަރާތު ޕާޓީންވަނީ ހަތް މިލިއަން ވޯޓް ހޯދާފައެވެ. ކުރީގެ ބޮޑުވަޒީރު އަދި މަހުޖަނު ތަކްސިން ޝިނަވަޓްރާއާ ގުޅުން އޮންނަ ފޫއަ ތައި ޕާޓީއަށް 6.6 މިލިއަން ވޯޓް ލިބިފައިވެއެވެ.

ބަދަލުތައް ގެންނާނެ ކަމުގެ ވައުދާއި އަސްކަރިއްޔާ އިސްލާހުކުރާނެ ކަމުގެ ވައުދާއެކު އިންތިޚާބުގައި ވާދަކުރި އައު ސިޔާސީ ޕާޓީ، ފިއުޗަރ ފޯވަރޑްއަށް ވަނީ 4.8 މިލިއަން ވޯޓް ލިބިފައެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 52 މިލިއަން މީހުންނަށް ލިބިފައިވާއިރު ހަތް މިލިއަނެއްހާ މީހުންނަކީ އަލަށް ވޯޓްލާ ފަރާތްތަކެވެ.

އާ ގާނޫނު އަސާސީއެއްގެ ދަށުން ބޭއްވޭ އިންތިޚާބަކަށްވާއިރު އެ ގާނޫނުއަސާސީ އެކުލަވާލާފައި ވަނީ ސިޔާސީ ޕާޓީއަކުން އަޣުލަބިއްޔަތު ހޯދައި ރައްޔިތުންގެ ސަރުކާރެއް އެކުލަވާލުމަށް ދަތިވާނެ ގޮތަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި 500 މެމްބަރުން ތިއްބަވާއިރު މަތިގެއަކީ އަސްކަރިއްޔާއިން އައްްޔަންކުރާ މަޖިލީހެކެވެ.

 

- ކޮމެންޓް