Advertisement
ކ. މާލެ
|
24 މާރޗް 2019 | އާދީއްތަ 18:58
ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން
ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން
މުހައްމަދު ޝަރުހާން
ގަސް އިންދުން
ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި
މި ޕްރޮގްރާމްގެ ދަށުން 3000 ގަަސް އިންދުމަށް ވަނީ ނިންމާފައި

މާލެ ސިޓީ ކައުންސިލާއި ޕްލޭނިންގ މިނިސްޓްރީ ގުޅިގެން ރިންގް ރޯޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމް ބޮޑުތަކުރުފާނު މަގުގައި ފަށާފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 05:30 ގައެވެ. މި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ މި ގަސްތަކުގެ ސަބަބުން މާލެއަށް ހިތްގައިމުކަން ގެނެސްދީ މާލެ އިތުރަށް ފެހިކޮށްދޭނެ ކަމަށެވެ.

ޕްރޮގްރާމްގެ ދަށުން ޖުމްލަ 3000 ގަސް އިންދުމަށް ނިންމާފައިވާއިރު މި ޕްރޮގްރާމްގެ ދަށުން ބޮޑުތަކުރުފާނު މަގު ސަރަހައްދުގައި އާދިއްތަ ދުވަހު އެންމެ ގިނައިން އިންދާފައިވަނީ ބޮޑުޖަވާހިރު ގަހާއި ހިތި ގަހެވެ.  

ޕްރޮގްރާމްގެ ދަށުން އިންދާފައިވާ ގަސްތަކަކީ ރާއްޖޭގައި ހެދޭ ގަސްތައްކަން ފާހަގަކުރައްވާ މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މެޔަރު ޝަމާއު ޝަރީފް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން މާލޭގެ އެކި ސަރަހައްދުގައި ގަސް އިންދުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމް ކޮންމެ ހަފްތާއަކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަސް އިންދުމުގެ ޕްރޮގްރާމްގައި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

އުންމީދަކީ ކޮންކްރީޓް ޖަންގަލީގެ ސިފަ މާލެސިޓީން ގެއްލި، ފެހި ތަނެއްގެ ގޮތަށް ބަދަލުވުން ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ރަށްފެހި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ރަށްރަށުގެ ހުސްބިންތަކާއި މަގުތަކުގައި 4،000 ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް