Advertisement
ކ. މާލެ
|
24 މާރޗް 2019 | އާދީއްތަ 18:56
ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ
ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އެމްވީ
ކަރެކްޝަނަލް ސަރވިސް
ޖަލަށް ލަނީ އަދަބު ދޭކަށް ނޫން، އިސްލާހު ކުރަން: އިމްރާން
އެ މަސައްކަތުގައި މަދަނީ މުޖުތަމައުގެ އެހީ ބޭނުންވޭ: އިމްރާން

މީހުން ޖަލަށް ލަނީ އަދަބު ދޭން ނޫން ކަމަށާއި ޖަލަށްލަނީ މީހުން އިސްލާހުކޮށް، މުޖުތަމައުއަށް ފައިދާ ހުރި މީހަކަށް ހެދުމަށް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި "ސްމާޓް ކެމްޕަސް، ޑިޖިޓަލް ކްލާސްރޫމް" އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން އާދީއްތަ ދުވަހު ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު ބައްޓަން ކުރަން ޖެހޭނީ ގައިދީންނަށް ފަސޭހައިން މުޖުތަމައުއަށް އެނބުރި އާދެވޭނެ ގޮތަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އަދަބު ދިނުމުގެ ބަދަލުގައި، އިސްލާހު ކުރެވޭނެ ސިސްޓަމެއް ގާއިމު ކުރަންޖެހޭ ކަމަށާއި އެކަމުގައި ސަރުކާރާއި މަދަނީ މުޖުތަމައު ގުޅިގެން ކުރާ މަސައްކަތުގައި އަލުން އަނބުރާ މުޖުތަމައުއަށް ނުކުންނަ ގައިދީންނަކީ ފައިދާ ހުރި ބަޔަކަށް ހެދޭނެ ކަމަށެވެ.

"ޖިނާއީ އަދުލުގެ ނިޒާމު ބައްޓަން ކުރެވިގެންދާއިރު، އަޅުގަނޑުމެން އެދެނީ އެ ނިޒާމް ބައްޓަންވެގެން ދާނީ އަޅުގަނޑުމެންގެ ތެރެއިން ކުށް ކުރެވޭ މީހުންނަށް ފަސޭހަކަމާއެކު މުޖުތަމައުއަށް ފައިދާ ހުރި ބަޔަކަށް ވެގެން ނެރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ވެގެން ދިއުން،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ހުކުމް ތަންފީޒު ކުރާ ގައިދީންނަކީ މުޖުތަމައުއަށް ފައިދާ ހުރި ބަޔަކަށް ހެދުމަށް ކަރެކްޝަނަލް ސާވިސް އިން ދަނީ ތަފާތު އެކި ޓްރެއިނިން ޕްރޮގްރާމް ހިންގަމުންނެވެ. އެގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ފެންވަރުގެ ކޯސްތައް ގައިދީންނަށް ދަނީ ހިންގަމުންނެވެ. މާފުށީ ޖަލުގައި ސްމާޓް ކެމްޕަސް، ޑިޖިޓަލް ކްލާސްރޫމް މިއަދު އިފްތިތާހު ކުރީ އުރީދޫއާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް