Advertisement
ކ. މާލެ
|
24 މާރޗް 2019 | އާދީއްތަ 16:35
ނައިބު ރައީސް ސަފީރު ޗުއާ ތިއާން ޕޯ އާއި ބައްދަލުކުރެއްވުން
ނައިބު ރައީސް ސަފީރު ޗުއާ ތިއާން ޕޯ އާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ސިންގަޕޫރު ސަފީރު
ސިންގަޕޫރު ސަފީރު ނައިބު ރައީސްގެ އަރިހަށް އިޚުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އިންސާނީ ވަޞީލަތްތައް ތަރައްގީ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި

ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗުއާ ތިއާން ޕޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، އާދިއްތަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައިވާ ގުޅުމުގެ މައްޗަށްއަލި އަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުންވެސް ޝައުޤުވެރިވާ ކަންކަމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން އިންސާނީ ވަޞީލަތްތައް ތަރައްގީ ކުރުމާއި، ރީހެބިލިޓޭޝަނާއި، ސިއްހީ ދާއިރާއާއި މަތީ ތައުލީމުގެ ދާއިރާއާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މިބައްދަލުކޮށްލެއްވުމުގައި، ސިންގަޕޫރުގެ ސަފީރު ވަނީ ރާއްޖޭގެ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް