Advertisement
ކ. މާލެ
|
24 މާރޗް 2019 | އާދީއްތަ 14:59
މަގުމަތިން މީހެއްގެ ފޯނު ފޭރިގަތުން
މަގުމަތިން މީހެއްގެ ފޯނު ފޭރިގަތުން
ރާއްޖެއެމްވީ
ވައްކަމާއި ފޭރުން
ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
އަށް މީހުން ހައްޔަރުކުރީ، މިފްކޯ އާއި ބީއެޗްއެމް ޓްރޭޑާސްގެ ފައިސާތަކެއް ފޭރުނު މައްސަލާގަ

ފޭރުުމުގެ ބޮޑު ދެ މައްސަލައެއްގައި އަށް މީހަކު ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

އަށް މީހުން ހައްޔަރުކުރީ، މިފްކޯ އާއި ބީއެޗްއެމް ޓްރޭޑާސްގެ ފައިސާތަކެއް ފޭރުނު މައްސަލާގައެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މިފްކޯގެ ވޭނެއް ހުއްޓުވައިގެން ފައިސާ ފޭރުނު މައްސަލާގައި ތުހުމަތު ކުރެވޭ އުމުރުން 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 23 އަހަރުގެ މީހާ ހައްޔަރު ކުރީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށާއި އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާދީފައިވާ ކަމަށެެވެ. އަދި 19 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ބީއެޗްއެމްގެ ފައިސާތަކެއް ފޭރުނު މައްސަލާގައި ވެސް ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 23 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ތިން ކުދިން ކަމަށް ފުލުހުން ބުންޏެވެ. އެ ފައިސާތައް ފޭރިގެންފައިވަނީ ކޮން ބައެއްކަން ނޭނގޭގޮތަށް ހެލްމެޓު އަޅައިގެން ތިބެއެވެ. ބީއެޗްއެމް އިން ފޭރިގެންފައި ވަނީ 2.3 މިލިއަން ރުފިޔާ އެވެ.

މި ފަހަކަށް އައިސް މާލޭގައި ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް