Advertisement
ކ. މާލެ
|
24 މާރޗް 2019 | އާދީއްތަ 13:36
މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް
މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް
ރާއްޖެއެމްވީ
އެމްޑަބްލިއުއެސްއީ
ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!
1.5 މިލިއަން ޑޮލަރަށް ގަނެވޭ އެއްޗެހި ތިން މިލިއަން ޑޮލަރަށް ގަނެފައި އެބަހުރި

މޯލްޑިވްސް ވޯޓަރ ސުވަރޭޖް ކޮންޕެނީގެ (އެމްޑަބްލިއުއެސްއީ) އިން ސަރުކާރަށް 400 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ވ. ފެލިދޫ ދާއިރާއަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މަބްރޫކް އަޒީޒްގެ ކެންޕެއިނުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެ އަދަދަކީ ވ.އަތޮޅުގެ ފެނާއި ނަރުދަމާ އެޅޭނެހާ ފައިސާ ކަމަށެވެ.

"ކުންފުނީގެ 400 މިލިއަން ރުފިޔާ ސަރުކާރަށް ނުދައްކާ އެބަހުރި. އެއީ މި އަތޮޅުގައި ފެނާއި ނަރުދަމާ އެޅޭނެހާ ފައިސާ. އެއީ މަދު ފައިސާއެއް ނޫން. " އާޒިމް ވިދާޅުވިއެވެ. ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދެވޭނީ އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ "އިންކަމް" ރަނގަޅު ކުރުމަށް ފަހު އެވެ.

އެމްޑަބްލިއުއެސްއީ ގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ  ފެލިދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާ އިބްރާހިމް ފަޒުލް ރަޝީދެވެ. އާޒިމް ވިދާޅުވީ މިދިޔަ ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުގެ ވެރިން އެ މުއައްސަސާތަކަށް ކޮށްފައިވާ ކަންތައްތައް ރައްޔިތުންނަށް ކިޔައިދޭން އެބަޖެހޭ ކަމަށެވެ. އާޒިމް ވިދާޅުވީ ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި އެހެން ކުންފުނިތަކުން އެމްޑަބްލިއުއެސްސީއަށް 200 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި ކަމަށެވެ.

އާޒިމް ވިދާޅުވީ އެކުންފުނީގައި ހަތް މިލިއަނަށް ގަނެވޭ ތަކެތި ފަނަރަ މިލިއަނަށް ގަނެފައި ހުރިކަން ހާމަވެފައިވާ ކަމަށެވެ.

"1.5 މިލިއަން ޑޮލަރަށް ގަނެވޭ އެއްޗެހި ތިން މިލިއަން ޑޮލަރަށް ގަނެފައި އެބަހުރި . މިއީ ބޮޑެތި އިހުމާލު އިނގޭތޯ.، މީހެއްގެ ފަހަތުން ދުވާއިރު އެމީހާއަކީ ކިހާ ސާފު މީހެއްތޯ. " އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ ކުންފުނިތަކަށް އެހާ ބޮޑު އިހުމާލު ވެފައިވާ ބޭފުޅުން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭނެ ކަމަށް ވިދާޅުވި ނަމަވެސް ގަބޫލުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކުންފުނީގެ އިންޓާނަލް އޮޑިޓެއް މިހާރު ފަށައިގެން ކުރިއަށް ދާއިރު ނާޖާއިޒު ގޮތުގައި ފައިސާ ހޭދަކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ފެން ކުންފުނީގައި 900 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
24 މާރޗް 2019 | އާދީއްތަ 10:54
އާދީ
ޕްރޮކިއުމެންޓް ކަންތަކުގަ ނޫޅޭ ކުއްޖަކާ ވައްތަރީ. ވަކި ކޮލެޓީއެއްގެ ތަކެތި ބޭނުންވާ ތަނަކަށް ކޮންމެ ކޮންމެ އެއްޗެއް ބޭނުމެއް ނުކުރެވޭނެ. އައި އެސް އޯ ސްޓޭންޑާޑަށް ފައްތަން ޖެހޭކަން ނޭނގޭތީ ހައިރާންވަން
24 މާރޗް 2019 | އާދީއްތަ 10:20
ޝާހު
ޢާޒިމް އަކީ ހުދު ކާފޫރު ކޮޅެއް ދޯ. މަޖިލިސް ގޮނޑި ލިބިފައި ތިއޮތީ ތި ވާހަކަ ދެއްކީމަ. މުޅިންހެން މީޑިއާ ސުޓަންޓް ޖެއްސުމަށް އަރާ ހުރި މީހެއް ތިީ