ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރ. އަލިފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށް ސާފުކުރުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވައިފިއެވެ.
ހޮނިހިރު ދުވަހު ހެނދުނު ފެށި މި ޕްރޮގްރާމަކީ "ސާފު އަލިފުށީ މަގޭ ވެސް ޒިންމާ"ގެ ނަމުގައި އަލިފުށި އެންވަޔަރަމަންޓް ސޮސައިޓީގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެއެވެ. އަލިފުށީ އެންވަޔަރަމަންޓް ސޮސައިޓީން ބުނީ، މި ޕްރޮގްރާމަކީ ފެނުގެ ދުވަހާއި، މޫސުމާ ބެހޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ޕްރޮގްރާމެއް ކަމަށެވެ.
މީގެ އިތުރުން ހުކުރު ދުވަހު ރައީސް ވަނީ އެރަށު މަލްޓި ޕަރޕަސް ހޯލްގެ ބިންގާ އަޅުއްވާދެއްވާފައެވެ.
ރައީސް އަލިފުއްޓަށް މި ކުރެއްވި ދަތުރުފުޅަކީ އެޖެންޑާ19 މަޖިލިސް ކެމްޕެއިންގައި ރ. އަތޮޅުގެ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕެއިން ހަރަކާތުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެއެވެ.
އަލިފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް މިހާރު ވަނީ ށ. އަތޮޅުގެ ރަށްތަކަށް ދަތުރު ފައްޓަވާފައެވެ.