ކ. މާލެ
|
23 މާރޗް 2019 | ހޮނިހިރު 12:44
އެފްރިކާގެ ދެކުނުގެ ސަރަހައްދުތަކަށް އެރި މި ތޫފާނުގެ އަސަރު 1.7 މިލިއަން މީހުންނަށް ވަނީ ކޮށްފައި
އެފްރިކާގެ ދެކުނުގެ ސަރަހައްދުތަކަށް އެރި މި ތޫފާނުގެ އަސަރު 1.7 މިލިއަން މީހުންނަށް ވަނީ ކޮށްފައި
ގެޓީ އިމޭޖަސް
ތޫފާން އިޑާއީ
ތޫފާން އިޑާއީ: މޮޒަމްބީކްގައި މިހާރު ކޮލެެރާ ފެތުރެނީ
މޮޒަމްބީކާއި ޒިމްބާބްވޭ އާއި، މަލާވީން މި ތޫފާނުގައި މަރުވި މީހުންގެ އަދަދުވަނީ 557 އަށް އަރާފައި

ތޫފާން އިޑާއީގައި ފެންބޮޑުވި މޮޒަމްބީކުގެ ބެއިރާގައި ކޮލެރާގެ ކޭސްތަކެއް ރެކޯޑް ކުރެވިފައިވާ ކަމަށް އިންސާނީ އެހީދޭ ގްރޫޕަކުން ހުކުރު ދުވަހު ބުނެފިއެވެ.

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންްޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ) އިން ވަނީ މެލޭރިއާ ފަދަ އެެހެން ބަލިމަޑުކަން ވެސް ފެތުރިދާނެކަމުގެ އިންޒާރު ދީފައެވެ.

މޮޒަމްބީކާއި ޒިމްބާބްވޭ އާއި، މަލާވީން މި ތޫފާނުގައި މަރުވި މީހުންގެ އަދަދު ވަނީ 557 އަށް އަރާފައެވެ. އޮފިޝަލުން ލަފާކުރާ ގޮތުގައި އަދިވެސް މި އަދަދު އިތުރުވުން އެކަށީގެންވެއެވެ.

މާޗް މަހުގެ 14 ވަނަ ތޫފާން އިޑާއީ ބެއިރާ އަށް އަރާފައި ވަނީ ގަޑިއަކު 177 ކީލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުންނެވެ.

އެހީދޭ ފަރާތްތަކުން އެހީ ފޯރުކޮށްދިނުން މަޑުމަޑުން ކުރަމުން ދިޔަ ނަމަވެސް ސަރަހައްދުތަކަށް ވަނުމަށް ދިމާވެފައިވާ ދަތިތަކާއި އަދި ވެއިގެ މަގުން އެހީ ފޯރުކޮށްދޭން ބަލާއިރު ހެލިކޮޕްޓަރު މަދުވުމުން އެހީ ފޯރުކޮށްދިނުމަށް ވަނީ ހުރަސްއެޅިފައެވެ.

އެފްރިކާގެ ދެކުނުގެ ސަރަހައްދުތަކަށް އެރި މި ތޫފާނުގެ އަސަރު 1.7 މިލިއަން މީހުންނަށް ކޮށްފައިވާއިރު ކަރަންޓުގެ ޚިދުމަތްކެނޑި ފެން ހުސްވެދާނެކަމުގެ ބިރު ހީވެ ބައެއް ގެތައް ފެންގަނޑުގެ ތެރޭގައި އޮޔާ ގެންގޮސް މަގުތައް ވަނީ ސުންނާފަތިވެފައެވެ.

 

 

- ކޮމެންޓް