ކ. މާލެ
|
23 މާރޗް 2019 | ހޮނިހިރު 10:39
ރޮބަރޓް މުލަރގެ ރިޕޯޓް ނިންމަވާފައި ވަނީ 22 މަސްދުވަހުން
ރޮބަރޓް މުލަރގެ ރިޕޯޓް ނިންމަވާފައި ވަނީ 22 މަސްދުވަހުން
އޭއެފްޕީ/ގެޓީ
ޓްރަމްޕް- ރަޝިއާ ގުޅުން:
ޓްރަމްޕް- ރަޝިއާ ގުޅުން: ރޮބަރޓް މުލަރގެ ތަހުގީގު ރިޕޯޓް ހުށަހަޅުއްވައިފި
މުލަރގެ ތަހުގީގަށް ޖަސްޓިސް ޑިޕާޓްމަންޓުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ: އެޓަރނީ ޖެނެރަލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 2016 ގެ ރިޔާސީ ކެޕްޕެއިން ޓީމާ ރަޝިއާއާ އޮތް ކަމަށް ތުހުމަތުކުރެވޭ ގުޅުމާ ބެހޭ ގޮތުން ކުރަމުންދިޔަ ތަހުގީގު ގެ ރިޕޯޓް ސްޕްޝިއަލް ކައުންސެލް ރޮބަރޓް މުލަރ ހުށަހަޅުއްވައިފިއެވެ.

އެޓަރނީ ޖެނެރަލް ވިލިއަމް ބާގެ އަތްޕުޅަށް ހުށަހަޅުއްވާފައިވާ ރިޕޯޓް ޚުލާސާ ކުރެއްވުމަށް ފަހު ކޮންގްރެސްއާ ހިއްސާ ކުރައްވާނީ ކިހާ މިންވަރެއްކަން ކަނޑައަޅުއްވާނީ އެ މަނިކުފާނެވެ.

ޖަސްޓިސް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވީ މުލަރގެ ރިޕޯޓުގައިވާ ކަންކަމާއި ގުޅިގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރިޕޯޓްގައި އެދިފައި ނުވާކަމަށެވެ.

ސްޕެޝަލް ކައުންސެލް ވަނީ ރިޕޯޓާ ގުޅިގެން މިހާތަނަށް، ރައީސް ޓްރަމްޕްގެ އަރިސް ހަ ބޭފުޅަކާއި ރަޝިއާގެ ބައެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.

ކޮންގްރެސްގެ ލީޑަރުންނަށް އެޓަރނީ ޖެނެރަލް ބާރ ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ރިޕޯޓުގައި ހޯދިފައިވާ ހޯދުންތައް ހަފްތާ ބަންދުގެ ތެރޭގައި މެމްބަރުންނާ ހިއްސާކުރައްވާނެ ކަމަށެވެ.

މި ރިޕޯޓުގެ މައިގަނޑު މަގްސަދަކީ ސްޕެޝަލް ކައުންސެލްގެ މަގާމަށް ރޮބަރޓް މުލަރ އައްޔަންކުރައްވައިގެން ވޭތުވެދިޔަ 22 މަސްދުވަހުގެ ތެރޭގައި ހިންގާފައިވާ ތަހުގީގުން ދައުވާއެއް ކުރަންޖެހޭ ފަދަ ކަމެެއް އޮތްތޯ ބެލުމެވެ.

ސްޕެޝަލް ކައުންސެލްގެ މަގާމަށް ރޮބަރޓް މުލަރ އައްޔަންކުރައްވާފައި ވަނީ އެޓަރނި ޖެނެރަލްގެ ނައިބް ރޮޑް ރޮސެސްޓެއިންއެވެ.

ރައީސް ޓްރަމްޕް އާއި ރިޕަބްލިކަން ޕާޓީގެ އެހެނިހެން ބޭފުޅުން ވެސް ގެންދަވަނީ މި ތަހުގީގަކީ ފަހާ ދުވުން ކަމަށް ބުނެ އެކަން ކުށްވެރިކުރަމުންނެވެ.

 

- ކޮމެންޓް