Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 05:34
މާލޭގައި ދިރިއުޅޭ ގދ ތިނަދޫ މީހުންނާ ބައްދަލު ކުރުމުގެ ތެރެއިން
މާލޭގައި ދިރިއުޅޭ ގދ ތިނަދޫ މީހުންނާ ބައްދަލު ކުރުމުގެ ތެރެއިން
ރާއްޖެއެމްވީ
ނައިބު ރައީސް
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
ބައެއް ވަޒީރުންނާ ޕީޕީއެމް ޕީޖީ ލީޑަރ ބައިވެރިވަޑައިގެންނެވި

މާލޭގައި ދިރިއުޅުއްވާ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގެ ރައްޔިތުންނާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އަންގާރަ ދުވަހުގެރޭ އަޙްމަދިއްޔާ ސްކޫލްގައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވާ ގޮތުގައި މިބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގެ ތަރައްޤީއަށްޓަކައި މިހާރު އެރަށުގައި ސަރުކާރުން ހިންގަވަމުންގެންދަވާ މަޝްރޫޢުތަކުގެ މައްޗައް އަލިއަޅުއްވާލައްވާ ވަހަކަފުޅުދައްކަވާފައެވެ. ތިނަދުއަކީ ނައިބު ރައީސް ޖިހާދު އުފަންވެ ވަޑައިގެންނެވި ރަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިންމަނިކާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ޡުހޫރާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަބީބާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛު މުޢައްވިޒު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުން މި ބޭއްވީ ނައިބު ރައީސް ރަސްމީ ޖަލްސާތަކުން ނުފެންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. އަދި އެ މަނިކުފާނު ހުންނެވީ "ގޭ ބަންދެއްގައި" ކަމަށް މަޖިލީހުގެ ތިމަރަފުށީ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެފައި ވަނިކޮށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް