ހއ.ހޯރަފުށީގައި ސައިކަލެއް ރޯކޮށްލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމަހުގެ 22 ވަނަ ދުވަހު 15:37 ހާއިރު ހޯރަފުށީ ނީސްގެ ކައިރީގައި ބަހައްޓާފަ ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލާގެ ތުހުމަތުގައި 28 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިހާދިސާގައި ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.