Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 04:30
ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރިރަޖިސްޓަރީވުމުގެ ޕްރޮގްރާމްގެ ތެރެއިން 
ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރިރަޖިސްޓަރީވުމުގެ ޕްރޮގްރާމްގެ ތެރެއިން 
ރާއްޖެއެމްވީ
އެމްޑީޕީ
ކައުންސިލް އިންތިހާބަށް ރީރަޖިސްޓަރިވުމުގެ ކެންޕޭނެން އެމްޑީޕީން ފަށާއިފި
މާޗު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް މި ފުރުސަތު ވަނީ ހުޅުވާލާފަ
ކޮންމެ ދުވަހަކު މި ހަރަކާތް ހަރުގޭގައި ކުރިއަށް ދާނެ
އަތޮޅުތެރޭގައި ހަރަކާތް ވަރުގަދަކޮށް ދޮރުން ދޮރަން ހިނގާނެ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރިރަޖިސްޓަރީވުމުގެ ޕްރޮގްރާމެއް އެމްޑީޕީން ފަށާފިއެވެ.

އަންގާރަ ދުވަހުގެ ރޭ މި ހަރަކާތް ފެށުމުގެ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރީރަޖިސްޓަރީ ޕްރޮގްރާމްގައި އެޕާޓީގެ ހުރިހާ ދާއިރާތަކަކުން ބައިވެރިވާ ކަމަށެވެ. އަދި މި ހަރާކާތް އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އެނާ ވިދާޅުވިއެވެ.

" އެމްޑީޕީން އަކީ އިންތިޒާމްކުރެވިގެން ސިޔަސީ ހަރަކާތް ހިންގާ ޕާޓީއެއް، މިރޭ ހަރުގެއިން ވެސް މި ފެނިގެން މިދަނީ އެކަމުގެ ލާމަސީލު މިސާލެއް" އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވިއެވެ.

ރީރަޖިސްޓަރީ ކެންޕޭން ހަރަކާތުގައި ޗެއާޕާސަން ހަސަން ލަތީފް ވާހަކަދައްކަވަނީ

އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހު ރަޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލާފައިވާއިރު މިފެށޭ މާޗު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް މި ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދިޔަ ރިރަޖިސްޓަރީވުމުގެ ޕްރޮގްރާމަގައި އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވަޑައިގެންފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ ކައުންސިލް އިންތިހާބު ކޮންމެ ތާރީހެއްގައި ބޭއްވި ނަމަވެސް އެ އިންތިހާބުގައި އެމްޑީޕީ ބައިވެރިވެ ކާމިޔާބު ކުރަނެ ކަމަށެވެ. އަދި އިންތިހާބު ފަސްކުރި ނަމަވެސް އެޕާޓީގެ މެމްބަރުން މާޔޫން ނުވާނެ ކަމަށް އެނާ ވިދާޅުވިއެވެ.

އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި ދެކޮޅަށް ދިވެހި ރައްޔިތުން ތިބި ކަން ހާމަވެގެންދާ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި ދެކޮޅު އެންމެހާ ރައްޔިތުން ވޯޓް ލުމަށް ކުރަންޖެހޭ ހުރިހާ ކަންކަމެއް އެމްޑީޕީން ތަނަވަސް ކޮށްދޭނެ ކަމަށް އެނާ ވިދާޅުވިއެވެ.

ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރިރަޖިސްޓަރީވުމުގެ ޕްރޮގްރާމްގެ ތެރެއިން 

ހެންވޭރު އުތުރު ދާއިރާއިގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ސަރުކާރުން އިލެކްޝަން ކޮމިޝަން މެދުވެރިކޮށް ރައްޔިތުންނަން ކަންކަން އޮޅުވާލަން މަސައްކަތް ކުރާ ކަމަށެވެ. ކޮންމެ ރައްޔިތަކު ވެސް އެ ރައްޔިތަކު ވޯޓް ލުމަށް ރަޖިސްޓްރީ ކުރެވިފައި ތަން ބަލަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ރީރަޖިސްޓްރީވުމުގެ މުހިންމުކަމާއި މެދު ވާހަކަ ދައްކަވާފައެވެ.

އެމްޑީޕީ ހަރުގޭގައި ކޮންމެ ދުވަހަކު މެންދުރު 2:00 އިން ރޭގަނޑު 12:00 އަށް ކުރިއަށް ރީޖިސްޓްރީ ކުރިއަށް ދާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރަޖިސްޓްރީ ކުރުމަށް ދޮރޮން ދޮރަން ހިންގުމަށް ވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.

ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރިރަޖިސްޓަރީވުމުގެ ޕްރޮގްރާމްގެ ތެރެއިން 

އިލެކްޝަން ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ފޯމު ލިބޭނެ ކަމަށެވެ. މާލޭ ސިޓީގައި ނަމަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ މަރުކަޒު ކަމުގައިވާ ބާޖަމާލުއްދީނުން ފޯމު ދޫކުރުމާއި ފޯމުތަށް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

 

ލޯކަލް ކައުންސިލް އިންތިހާބުގާ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޖުމްލަ 469 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.ކައުންސިލް އިންތިހާބު ދެ ފަހަރެއްގެ މަތިން ފަސްކޮށްފައިވާ އިރު މިހާރު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް