Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 03:09
ޔޮޓެއް:
ޔޮޓެއް:
އެމްއެންޑީއެފް
ޔޮޓުން ގެއްލުނު ފަތުރުވެރިޔާ
ޔޮޓުން ފުންމާލި ފަތުރުވެރިޔާ ކަނޑުއަޑިން ހޯދައިފި
އޭނާ މިހާރު ވަނީ ލ ގަމު ހޮސްޕިޓަލްގައި

ޔޮޓަކުން ފުންމާލި ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ފަތުރުވެރިއާ ކަނޑުއަޑިން ހޯދައިފިއެވެ.

އެމްއެންޑީއެފުން ބުނީ  މި ހާދިސާގެ ރިޕޯޓް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީ) އަށް ލިބިފައިވަނީ އަންގާރަ ދުވަހު 15:37 ހާއިރުއެވެ. މި ރިޕޯޓް ލިބުމާއެކު ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމަކާއެކު އެ ސަރަޙައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް  ވިދާޅުވީ ލ. ކައްދޫގެ ހުޅަނގު އުތުރުން ފަސްނޯޓިކަލް މޭލުގައި އޮތް ޔޮޓަކުން ފްރީ ޑައިވްކުރުމަށް ފޭބި މީހާ ފެނިފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އާއި ސިކްސް ސެންސް ރިސޯޓުގެ ޑައިވަރުން ހޯދަމުން ދަނިކޮށް އަންގާރަ ދުވަހުގެރޭ 7:06 ގައި ކަނޑު އަޑިން ކަމަށެވެ.

ހަ މީހުންނާއެކު ދަތުރުކުރި މި ޔޮޓުން ފްރީޑައިވް ކުރުމަށް، މި ފަތުރުވެރިޔާ މޫދަށް ފައިބައިފައިވަނީ އަންގާރަ ދުވަހު  މެންދުރު ގާތްގަނޑަކަށް 14:30 ހާއިރުއެވެ.

އާޒިމް ވިދާޅުވީ މިހާރު އޭނާގެ ހަށިގަނޑު ލ ގަމު ހޮސްޕިޓަލަށް ގެންދެވި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް