Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 01:49
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނަވަނީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނަވަނީ
ޓްވިޓަރ
އިންޑިއާގެ މިނިސްޓަރ އޮފް ފޮރި
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
މިދަތުރުފުޅުގައި ރައީސް ޔާމީނާއި ބައްދަލުކުރަން ވަނީ ހަމަޖެހިފަ

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް، ހިޒް އެކްސަލެންސީ މރ. އެމް.ޖޭ. އަކްބަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

 މރ. އެމް.ޖޭ. އަކްބަރު ރާއްޖެ ވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހުގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދާއި ސެކްރެޓަރީ، ބައިލެޓަރަލް އަލްފާޟިލް އަޙްމަދު ޙަލީލްއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ސްޓޭޓް މިނިސްޓަރ އަކްބަރުގެ މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި މރ. ސަންޖޭ ޕަންޑާ، ޖޮއިންޓް ސެކްރެޓަރީ (އައި.އޯ.އާރ.) އަދި މރ. އޭ. އަމަރުނާތް، ޑީ.އެސް. އިން އޮފީސް އޮފް އެމް.އެސް. ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް