Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2017 | އަންގާރަ 23:56
ރ. ދުވާފަރު
ރ. ދުވާފަރު
ގޫގުލް
ކެމިކަލްޖެހުން
އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި
މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ
އޭނާގެ ލޯ ރަނގަޅަށް ނުހުޅުވޭ

ރ. ދުވާފަރު އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހާފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައި ވަނީ މި ހާދިސާގައި ޒަހަމްވީ އުމުރުން 71 އަހަރުގެ އިބްރާހިމް މުހައްމަދެއެވެ. ކެމިކަލް ޖެހުމުގެ ސަބަބުން އެނާގެ ލޯ ރަނގަޅަށް ނުހުޅުވޭ އިރު މޫނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހު ހެނދުނު ރ ދުވާފަރު އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ކަމަށް ބެލެވޭ އެއްޗެށް ޖެހި ކަމުގެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލަ  ތަޙްގީގް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެއެވެ.

އެނާއަށް ދުވާފަރު ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް