ކ. މާލެ
|
20 މާރޗް 2019 | ބުދަ 22:27
މޭގެ ދެވަނަ ހުށަހެޅުއްވުންވެސް 149 ވޯޓާއެކު މިދިޔަ ހަފްތާގައިވަނީ ބޭރުކޮށްލާފައި
މޭގެ ދެވަނަ ހުށަހެޅުއްވުންވެސް 149 ވޯޓާއެކު މިދިޔަ ހަފްތާގައިވަނީ ބޭރުކޮށްލާފައި
ރޮއިޓަރސް
ބްރެކްސިޓް
ބްރެކްސިޓް: އިނގިރޭސިވިލާތް އީޔޫއިން ވަކިވުން ފަސްކޮށްދިނުމަށް އީޔޫގައި ބޮޑުވަޒީރު އެދިވަޑައިގެންފި
މިހާރު އޮތްގޮތުން އިނގިރޭސިވިލާތް އީޔޫއިން ވަކިވާނީ މާރިޗު މަހުގެ 29 ވަނަ ދުވަހު

އިނގިރޭސިވިލާތް އީޔޫއިން ވަކިވުން ޖޫން މަހުގެ 30ގެ ނިޔަލަށް ފަސްކޮށްދެއްވުމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ، ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކްގެ އަރިހުން އެދިވަޑައިގެންފިއެވެ.

މިހާރު އޮތްގޮތުން އިނގިރޭސިވިލާތް އީޔޫއިން ވަކިވާނީ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ބޮޑުވަޒީރު މޭ އެ ޖަމާއަތާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު ހުށަހެޅުއްވި ދެވަނަ އެއްބަސްވުން ވެސް ގާނޫނު ހަދާ މަޖިލީހުން މިދިޔަ ހަފްތާގައި 149 ވޯޓާ އެކު ވަނީ ބޭރު ކޮށްލާފައެވެ.

ގާނޫނުހަދާ މަޖިލީހުގައި ބުދަ ދުވަހު ތަގުރީރު ކުރައްވަމުން މޭ ވިދާޅުވީ އަންނަ މެއި މަހު ބާއްވާ ޔޫރަޕްގެ އިއްތިހާދުގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު އަންނައިރު އެކަމުގައި ބައިވެރިވާގޮތަށް އިނގިރޭސި ވިލާތް އީޔޫގައި އޮންނަން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށެވެ. އެހެން އެެކަން ކުރުމަކީ 2016 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓަށް އިހުތިރާމް ނުކުރުން ކަމަށް އެކަމަނާވަނީ ސިފަކުރައްވާފައެވެ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް ޓަސްކްއަށް ފޮނުއްވާފައިވާ ސިޓީގައި މޭ ވިދާޅުވެފައިވަނީ އެ ޖަމާއަތާއެކު މަޝްވަރާކޮށްގެން އެކުލަވާލެވުނު އެއްބަސްވުން ތަންފީޒު ކުރުރުމަށް އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުން އެއްބަސްވެ ވަޑައިގަންނަވާނެކަމާ މެދު ޔަގީންކަން އޮތް ކަމަށެވެ.

"އެހެން ނަމަވެސް 29 މާރިޗުގެ ކުރިން މިކަން ނުވާނެކަން ސާފު" އެ ކަަމަނާ ވިދާޅުވެފައިިވެއެވެ.

ޔޫރަޕިއަން ކޮމިޝަނުން ބުދަ ދުވަހުގެ ފަހުގެ ވަގުތެއްގައިނެރުނު އިންޓަރނަލް މެމޯއެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުން ޖޫން މަހުގެ 30 ގެ ނިޔަލަށް ފަސްކޮށްފިނަމަ ގާނޫނީ އަދި ސިޔާސީ ސީރިއަސް މައްސަލަތަކެއް ދިމާވުމުގެ ފުުރުސަތު އެބަ އޮތް ކަމަށެވެ.

- ކޮމެންޓް