ކ. މާލެ
|
20 މާރޗް 2019 | ބުދަ 09:44
ޖެޓް އެއަރވޭސްގެ ޖުމްލަ ދަރަނި އެއް ބިލިއަން ޑޮލަރަށްވުރެ އިތުރު
ޖެޓް އެއަރވޭސްގެ ޖުމްލަ ދަރަނި އެއް ބިލިއަން ޑޮލަރަށްވުރެ އިތުރު
ރޮއިޓަރސް
ޖެޓް އެއާވޭސް
ދަރަނީގެ މައްސަލަތައް ބޮޑުވެ ޖެޓް އެއާވޭސްއިން ބޯޓްތަކެއް ގްރައުންޑްކޮށްފި
ޖުމްލަ 50 އަށްވުރެ ގިނަ ފްލައިޓްވަނީ ގްރައުންޑްކޮށްފައި

އިންޑިއާގެ ޖެޓް އެއާވޭސްއަށް ދިމާވެފައިވާ ދަރަނީގެ މައްސަލަ އިތުރަށް ބޮޑުވެ ކުންފުނީގެ އިތުރު ހަ މަތިންދާ ބޯޓެއް ގްރައުންޑްކޮށްފިއެވެ.

އެ އެއާލައިން ވަނީ ޖުމްލަ އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ދަރަންޏެއްގެ ތެރެެެއަށް ވެއްޓިފައެވެ.

އެއާލައިނުން ވަނީ މުވައްޒަފުންގެ މުސާރައާ، ބޭންކަށް ދައްކަންޖެހޭ ފައިސާއާއި ސަަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާގެ އިތުރުން ބޯޓްތައް ކުއްޔަށް ދޫކުރި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާވެސް ނުދައްކައެވެ.

ޕައިލެޓުންގެ އޯގަނައިޒޭޝަނުން ވަނީ އެ ޖަމާއަތުގެ މެމްބަރުންނަށް މާޗް މަސް ނިމޭއިރު މުސާރަ ނުދޭނަމަ އުދުހުން ހުއްޓާލާނެކަމަށް ބުނެފައެވެ.

އިންޑިއާގެ ނޭޝަނަލް ސްޓޮކް އެކްސްޗޭންޖަށް އެ ކުންފުނީގެ ސެކްރެޓަރީ ކުލްދީޕް ޝަރްމާ ފޮނުއްވާފައިވާ ސިޓީއެއްގައިވަނީ "ބޯޓްތައް ކުއްޔަށް ދޫކޮށްފައިވާ ފަރާތާއެކު އެއްބަސްވެފައިވާ ގޮތަށް އެ ފަރާތްތަކަށް ފައިސާ ނުދެއްކޭތީ އިތުރު ހަ ބޯޓެއް ގްރަންޑުކޮށްފިން،" ކަަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ އެއާލައިނުން މަސައްކަތްކުރަމުން ދަނީ ލިކުއިޑިޓީ އިތުރުކުރުމަށް ކަމަށެވެ.

އެ އެއާލައިންގައި 100 އަށްވުރެ ގިނަ ބޯޓް އޮތްއިރު އެތެރޭގެ 600 ރޫޓަކުން އަދި އިންޓަރނޭޝަނަލް 380 ރޫޓަކުން ދަތުރުތައް ކުރަމުން ގެންދިޔައެވެ. ނަމަވެސް މިހާރު އޭގެ ތެރެއިން 50 ބޯޓް ގްރައުންޑްކޮށްފިއެވެ.

- ކޮމެންޓް