ކ. މާލެ
|
20 މާރޗް 2019 | ބުދަ 00:28
ޔުނައިޓެޑް އަރަބް އެމިރޭޓްސް
ޔުނައިޓެޑް އަރަބް އެމިރޭޓްސް
ރާއްޖެއެމްވީ
ޔޫއޭއީ
ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު
މީހުން މެރުމާއި ކިޑްނެޕްގެ ހާދިސާތައް ވަރަށް މަދު
ދިމާވެދާނެ ހާދިސާއަކަށް އަބަދު ވެސް ޔޫއޭއީއަކީ ތައްޔާރަށް އޮންނަ ގައުމެއް

ޔުނައިޓެޑް އަރަބް އެމިރޭޓްސް އަކީ ދުނިޔޭގެ އެންމެ ރައްކާތެރި ގައުމު ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.

96.1 އިންސައްތަ މީހުންނަށް ރޭގަނޑު ގަޑީގައި ވެސް ބޭރުގައި ރައްކާތެރިކަމާއެކު އުޅެވޭނެ ކަމުގެ ޔަގީންކަން އޮންނަކަން ހާމަކޮށް ދުބާއީގެ ޑެޕިއުޓީ ޗެއާމަން އޮފް ޕޮލިސް އެންޑް ޕަބްލިކް ސެކިއުރިޓީގެ ލެފްޓެނެންޓް ޖެނަރަލް ޑަހި ހަލްފަން ތަމިމް، ވިދާޅުވީ 2018 ގެ ނޭޝަނަލް އެޖެންޑާ އިންޑެކްސްއިން ދައްކާ ގޮތުން ޔޫއޭއީގެ ގިނަ ދާއިރާތަކުގައި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ވެގެންދާ ކަމަށެވެ.

''ސާވޭއިން ދައްކާ ގޮތުގަ ހިމާޔަތާ ރައްކާތެރިކަން ލިބިފާކަމަށް 96.1 އިންސައްތަ މީހުންނަށް ގަބޫލުކުރެވޭ. ޔޫއޭއީ އެއްވަނައިގަ އިންއިރު، ސިންގަޕޫރު އިނީ 94 އިންސައްތައާއެކު ދެވަނައިގަ. އެއީ ގައުމުގެ ގާނޫނާ ގަވާއިދުގެ ސަބަބުން ލިބުނު ކާމިޔާބީއެއް'' ލެފްޓެނެންޓް ޖެނަރަލް ތަމިމް ވިދާޅުވިއެވެ.

މީގެ އިތުރުން އެސިސްޓެންޓް ކޮމާންޑާ އިން ޗީފް ފޯރ ކުއަލިޓީ އެންޑް އެކްސެލެންސްގެ މޭޖާ ޖެނަރަލް ޑރ އަބްދުލް ގުއްދުސް އަބްދުލް ރައްޒާގު އަލް އޮބައިދްލީ ވިދާޅުވީ ގިނަ މީހުންނަށް އަމާންކަމާ ރައްކާތެރިކަން އިހުސާސް ނުކުރެވެނީ މަގު ބައްތިތަކާއި، ފުލުހުންގެ އިދާރާއަށް ދެވޭ ގޮތަށް ހުންނަ ނިޝާންތައް މަގުމަތީގަ ނެތުމުން ކަމަށެވެ.

''ލީޑާރުން އެންމެ ބޮޑަށް ބާރުއަޅަނީ މިގައުމުގަ ދިރިއުޅޭ މީހުންނަށް ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް. ދުނިޔޭގެ ރައްކާތެރިކަން ދަށަށް ގޮސްފާ މިދަނޑިވަޅުގަ ޔޫއޭއީ އަކީ ރައްކާތެރިކަމުގެ އެންމެ އުންމީދީ ގައުމު ކަމަށް. މިކަން ކާމިޔާބުވީ މިގައުމުން ހިންގި ސަލާމާތާ ރައްކާތެރިކަމުގެ ޕްރޮޖެކްޓްގެ ސަބަބުން'' މޭޖާ ޖެނަރަލް އޮބައިދްލީ ވިދާޅުވިއެވެ.

ދިމާވެދާނެ ހާދިސާއަކަށް އަބަދު ވެސް ޔޫއޭއީއަކީ ތައްޔާރަށް އޮންނަ ގައުމެއްކަން ފާހަގަކުރައްވައި ކޮމާންޑަރ އިން ޗީފް އޮފް އަޖްމަން ޕޮލިސް، މޭޖަރ ޖެނަރަލް ޝެއިޚް ސުލްތާން ބިން އަބްދުﷲ އަލް ނުއައިމި ވިދާޅުވީ ނިއުޔޯކައްފަހު ދެވަނަ އަށް ކުއްލި ހާލަތްތަކުގައި އެންމެ އަވަހަށް ރެސްޕޮންސްދޭ ގައުމަކީ ވެސް ޔޫއޭއީ ކަމަށެވެ. 

މަގުމަތީގެ އެކްސިޑެންޓްތަކުގެ އިތުރުން، މަގުމަތީގެ އެހެނިހެން ހާދިސާތަކުގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތަށް އަލިއަޅުއްވާލައްވާ ހެޑް އޮފްދަ ފެޑަރަލް ޓްރެފިކް ކައުންސިލް، މޭޖަރ ޖެނަރަލް މުހައްމަދު ސައިފް އަލް ޒަފެއިން ވިދާޅުވީ 2017 ވަނަ އަހަރާ ބަލާއިރު 2018 ވަނަ މަގުމަތީ ހާދިސާތަކުން މީހުން މަރުވެފައިވާ މިންވަރު ދަށްވެފައިވާ ކަމަށެވެ.

''މަގުމަތީގެ މަރުގޭ ހާދިސާތައް 2008 ވަނަ އަހަރާ ބަލާއިރު 72 އިންސައްތަ ވަނީ ދަށްކުރެވިފަ. މިވަރުގެ ބޮޑު ކާމިޔާބީއެއް ހޯދުމަށް ގިނަ ޗެލަންޖުތަކާ ކުރިމަތިލާން ޖެހުނު. ޔޫއޭއީގެ ޓްރެފިކް ޑިޕާޓްމެންޓްއިން ޓްރެފިކްގެ ގިނަ އޮޕަރޭޝަންތައް ހިންގި'' މޭޖަރ ޖެނަރަލް ޒަފެއިން ވިދާޅުވިއެވެ. 

ޑިރެކްޓަރ ޖެނަރަލް އޮފް ދަ ފެޑަރަލް ކްރިމިނަލް ޕޮލިސް މިނިސްޓްރީ އޮފް އިންޓެރަރާ، ބްރިގޭޑިއަރ ހަމަދް އަޖްލަން އަލް އައްމިމި ވިދާޅުވީ މީހުން މެރުމާއި، ކިޑްނެޕްކުރުމުގެ ހާދިސާތައް ހިނގުން އެންމެ މަގު ގައުމަކީ ޔޫއޭއީ ކަމަށާއި، އެކަން ތަފާސްހިސާބުތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

'' ބޮޑެތި ކުށްތައް ކޮށްފައިވާ މިންވަރު 2017 ވަނަ އަހަރާއަޅާ ބަލާއިރު 2018 ވަނަ އަހަރު 49.5 އިންސައްތަ ވަނީ ދަށްވެފަ. މީހުން މެރުމާއި، ކިޑްނެޕް ކުރުން ފަދަ ކުށްތައް ހިނގާ މިންވަރު އެންމެ މަދު ގައުމަކީ ޔޫއޭއީ. މީހުން މެރުން 0.7 އިންސައްތައިގަ ހުރިއިރު، ކިޑްނެޕިންގްގެ ހާދިސާތައް ހުރީ 0.8 ގަ.'' ބްރިގޭޑިއަރ އައްމިމި ވިދާޅުވިއެވެ.

މީގެ އިތުރުން ކުށުގެ އަމަލުތައް ރިޕޯޓުކުރުމަށް ފަހުގެ ނެކްލޮޖީން މޮޅު އުފެއްދުމެއް ވެސް ވަނީ އުފައްދާފައެވެ. 

''މިފަދަ ހާދިސާތައް ރިޕޯޓުކުރަން ޚާއްސަ އެޕްލިކޭޝަނެއް ވަނީ ތައާރަފްކޮށްފަ'' ލެފްޓެނެންޓް ޖެނަރަލް ތަމިމް ވިދާޅުވިއެވެ.

ގިނަ މީހުން ސްމާޓް ފޯނު ގެންގުޅޭއިރު، ޔޫއޭއީގެ ފުލުހުންގެ ޚިދުމަތް ފޯނު މެދުވެރިކޮށް ލިބެއެވެ. އެގޮތުން މިހާތަނަށް ވަކި ވަކި މީހުންގެ ފޯނުތަކުން 4000 އަށްވުރެ ގިނަ ކޭސްތައް ވަނީ ރިޕޯޓުކޮށްފައެވެ.

- ކޮމެންޓް
19 މާރޗް 2019 | އަންގާރަ 19:29
ihaaru.
ކޮންމެހެން ތިކަން އިސްތިހާރުކުރަން އުޅެނެކަމެއްނެތް