ކުރިއަށް އޮތް ރައްޔިތުން މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް އެ ފަރާތްތަކުގެ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަރު މިއަދުން ފެށިގެން ބަންދުވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އަންގާރަ ދުވަހު އީސީން ކުރި ޓްވީޓެއްގައި ބުނީ، މަޖިލީހުގެ އިންތިހާބަށް ވޯޓު ކަރުދާސް ޗާޕް ކުރުމަށް އަންގާރަ ދުވަހު ހަވާލުކުރުމާ ގުޅިގެން ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު އަންގާރަ ދުވަހުން ފެށިގެން ނުދިނުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
Rayyithunge Majileehuge Inthikhaab 2019 ge vote karudhaas chaapu kurumah miadhu havaalu kurumaa gulhigen, candidatun nan anbura gendhiyumuge furusathu miadhun feshigen nudhinumah commission in ninmaifi
— Elections Commission (@ElectionsMv) March 19, 2019
މިހާތަނަށް ތިން ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެސްގޮސްފައެވެ. އެއީ އަމިއްލަ ހިތަދޫ މެދު ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލި، ޒާހިދު ރަމީޒްއާ ލޭބާ ޕާޓީ އަށް ކުރިމަތިލައްވާފައިވާ އިލްހާމު މުހައްމަދުގެ އިތުރުން އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރި މަހިބަދޫ ދާއިރާގެ އަލީ އަހްމަދުއެވެ.
މަޖިލީހުގެ އިންތިޚާބުގައި ވޯޓު ކަރުދާސް ޕްރިންޓް ކުރާނެ ބައެއް އީސީން ކަނޑައަޅަފައި ވަނީ އަންގާރ ދުވަހުއެވެ. ނަމަވެސް އެއީ ކޮންފަރާތެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ފަހަރަށް އެ ކަމިޝަނުން އިއުލާން ކުރިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކަމަށް އެދި ހުށައެޅީ އެއީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާސްތައް ޕްރިންޓްކުރި އެމް7 ޕްރިންޓާސް އަދި ނޮވެލްޓީ ޕްރިންޓާސް އިންނެވެ.
އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެއެވެ.