ކ. މާލެ
|
20 މާރޗް 2019 | ބުދަ 09:09
މާދުރީ ޑިކްސިޓް އާއި އާލިއާ ބަޓް
މާދުރީ ޑިކްސިޓް އާއި އާލިއާ ބަޓް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ކަލަންކް ގެ ފުރަތަމަ ލަވަ ދައްކާލައިފި
މި  ލަވަ ކޮރިއޯގްރާފް ހަދާފައިވަނީ މަޝްހޫރު ކޮރިއޯގްރާފަރ ރެމޯ ޑިސޫޒާ

އަންނަ އެޕްރީލް މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރާ ކަރަން ޖޯހަރުގެ ފިލްމް "ކަލަންކް" ގެ ފުރަތަމަ ލަވަ ދައްކާލައިފިއެވެ.

"ގަރް މޯރެ ޕަރްދޭސިޔާ"ގައި މާދުރީ ޑިކްސިޓް އާއި އާލިއާ ބަޓްގެ ކްލާސިކަލް ޑާންސެއް ފެނިގެން ދެއެވެ. މީގެ އިތުރުން މި ލަވައިގައި ވަރުން ދަވަން ވެސް ފެނިގެން ދެއެވެ.

މި ލަވައިގެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ވެފައި ވަނީ މާދުރީގެ ޒުވާން ދުވަސްވަރު ފެނިގެންދިޔަ ހިތްގައިމު ނެށުން މި ލަވައިގައިވެސް ފެނިގެން ދިއުމެވެ.

މާދުރީ އާއި އެއްގޮތަށް އާލިއާގެ ނެށުންވެސް މި ލަވައިގައި ވަރަށް ފުރިހަމައެވެ. "ގަރް މޯ ޕަރްދޭސިޔާ" މި ލަވަ ކިޔާފައި ވަނީ ޝްރެޔާ ގޯސަލް އާއި ވައިޝަލީ ހާޑޭގެ އެވެ.

އަމީތާބު ބަޓަޗާރިޔާ ލިޔެފައިވާ މި ލަވައިގެ މިއުޒިކް ކޮމްޕޯސްކޮށްފައި ވަނީ ބޮލީވުޑްގެ ގިނަ ހިޓް ލަވަތައް ކޮމްޕޯސް ކޮށްފއިވާ މިއުޒިކް ކޮމްޕޯސަރު ޕްރީތަމް އެވެ.

އަދި މި ލަވަ ކޮރިއޯގްރާފް ހަދާފައިވަނީ މަޝްހޫރު ކޮރިއޯގްރާފަރ ރެމޯ ޑިސޫޒާ އެވެ.

އާލިއާ ބަޓް، ވަރުން ދަވަން، މާދުރީ ޑިކްސިޓް، ސަންޖޭ ދަތް، ސޯނާކްޝީ ސިންހާ އަދި އަދިތްޔާ ރޯއީ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ 1940 ގެ އަހަރުތަކުގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔަރުކޮށްފައިވާ ފިލްމެކެވެ.

އަބީޝެކް ވަރުމާ ޑައިރެކްޓ ކުރާ މި ފިލްމްގެ ޓީޒާ ލައުންޗް ކުރުމަށް ބޭއްވި ހަފްލާގައި ކަރަން ބުނެފައިވަނީ މި ފިލްމް އޭނާ އަށް ހާއްސަވާ އެއް ސަބަބަކީ "ކަލަންކް"އަކީ ބައްޕަ އަދި ކުރީގެ ޕްރޮޑިއުސަރު ޔާޝް ޖޯހަރު މީގެ 15 އަހަރު ކުރިން ގެނެސް ދޭން އުޅުނު ފިލްމަކަށް ވުން ކަމަށް ކަރަން ވަނީ ބުނެފައެވެ. އަދި މި ފިލްމްގެ މަސައްކަތް ފެށުމަކީ އޭނާގެ ހުވަފެން ހަގީގަތަކަށްވުން ކަމަށް ކަރަން ވަނީ ބުނެފައެވެ.
 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް