ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހް ކޮށްދެއްވައިފިއެވެ.
މިޕްރޮގްރާމް ރައީސް ސޯލިހު އިފްތިތާހް ކޮށްދެއްވީ އަންގާރަ ދުވަހުގެ ރޭ، އިސްލާމީ މަރުޒަކުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދީނީ ގޮތުން ދޭންޖެހޭ އަސާސީ މައުލޫމާތު ދިނުމުގެ ސިޔާސަތާ އެއްގޮތަށް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ.
މިޕްރޮގްރާމްއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމްކޮށް ކުރިއަށް ގެންދާ އަދި މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ޚާއްސަ ޕްރޮގްރާމެކެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.