ހުކުރު ދުވަހު ނިއުޒިލޭންޑްގެ ކްރައިސްޓްްޗަރޗްގެ ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާގައި ނިޔާވި މީހުންގެ ހަނދާނުގައި ޚާއްސަކުރި އެމްއެންޑީއެފްގެ ލެޑްވޯލްއަށް އާއްމުން ތައުރީފު "ބަންޑުން"ކޮށްފިއެވެ.
މާލޭގެ މަލަމަތީގައި ހުންނަ ބަންޑާރަކޮށީގެ އާއިމާރާތުގެ ފާރުގައި ހުންނަ ލެޑް ބޯޑަށްވެސް "ސިލްވާ ފާން ނިޝާން" އެރުވީ ހޯމަ ދުވަހުއެވެ.
ކަޅުފޮތިގަނޑެއްގައި ރިހިކުލައިގެ ފަތެއް ކުރަހާފައިވާއިރު، އޭގެ ދަށުގައި إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ އަރަބި ބަހުން ލިޔެފައި އޮތެވެ.
ލެޑް ބޯޑުގެ ފޮޓޯއަކާ އެކު، ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، ޓެރެރިޒަމަކީ ދީނެއް، ކުލައެއް އަދި ގައުމެއްވާ އެއްޗެއް ނޫން ކަަމަށެވެ. އަދި ރާއްޖެ އޮތީ އެ ހަމަލާގައި މަރާލެވުނު މީހުންނާ އެކުގައިކަމަށެވެ.
Terrorism has no religion, no colour, and no country. Today we stand in solidarity with our slain brothers and sisters in New Zealand. Truly we belong to Allah, and unto Him we return. #ChristchurchMosqueAttack pic.twitter.com/rBATnfyDWJ
— NCTC Maldives (@NCTCMaldives) March 18, 2019
ނިއުޒިލޭންޑްގެ ކްރައިސްޓްްޗަރޗްގެ ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާގައި ނިޔާވި މީހުންގެ ހަނދާނުގައި ބެހެއްޓި މި ބޯޑާއި ގުޅިގެން ޓްވިޓާގައި ޝުއޫރު ފާޅުކުރި މީހުން ބުނެފައި ވަނީ، މީ ޓެރެރިޒަމާއި ދެކޮޅަށް ރާއްޖެ ދެއްކި ރީތި މިސާލެއް ކަމަށެވެ. އަދި އަބަދުވެސް ފެންނާނެހެން އެ ބޯޑް ނުނަގާ ބެހެއްޓުމަށް އެދޭކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އަދި ރާއްޖެއިން އަބަދުވެސް ޓެރެރިޒަމާއި ދެކޮޅުކަން ހާމަކޮށް ދުނިޔޭގެ ގައުމުތަކާއި ގުޅިގެން މަސައްކަތްކުރާނެކަމަށް އުއްމީދުކުރާކަމަށް ބައެއް މީހުން ޚިޔާލު ފާޅުކޮށްފައިވެއެވެ.
We must unite with the world too, to stop terrorism. Please include this point too@Aniya_A @moosay100 @rivetment @MRumaizHassan
— Ishag Shafeeg #IbuFaisal (@ishagshafeeg) March 18, 2019
ރިހި ފަތެއްގެ ރަމްޒުކޮށްދޭ ނިއުޒިލޭންޑްގެ "ސިލްވަރ ފާރން ފްލެގް" އަކީ އެ ގައުމުގެ ރަމްޒީ ނިޝާނެކެވެ. އަދި ނުރަސްމީ ގައުމީ ނިޝާންގެ ގޮތުގައި "ސިލްވަރ ފާރން ފްލެގް" ބޭނުންކުރެއެވެ. މީގެ އިތުރުން އެގައުމުގެ ސިފައިންގެ ހަރަކާތްތަކުގައްޔާއި، ކުޅިވަރުގެ ހަރަކާތްތަކުގައި މި ނިޝާން ބޭނުންކުރަމުން ދެއެވެ.
its big Time our Army needs to conduct variouse exercises Regarding various terrorism activitys..The public also Needs to be awared and trained so that they will be much much awared to these activitys..
— (احسن الابرار علي) (@Ekuveriyaa1) March 18, 2019