Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2017 | އަންގާރަ 19:44
މީރާ
މީރާ
އަޒުމޫން އަހުމަދު
ޓެކްސް އަށް މަކަރު ހެދުމުގެ މަ
ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި
ފަހަކަށް އައިސް ޓެކްސް އަށް މަކަރު ހެދުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުން

ޓެކުހަށް މަކަރު ހެދުމުގެ ސަބަބުން އެއްލައްކަ ފަސްދޮޅަސް ހާސް ރުފިޔާ އަމިއްލަ ފަރާތަކުން މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުށަހެޅި މައްސަލަ އަކާއި ގުޅިގެން ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ކ ދިއްފުށީ، ތަނބުރުމާގެ، އިބްރާހިމް ހުސައިންގެ މައްޗަށެވެ. މި ހުކުމްކޮށްފައިވަނީ މުދަލާ ޚިދުމަތުގެ އަގުން ނެގޭ ޓެކްސްގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާ އާއި ކަނޑައެޅިފައިވާ ތާރީހަށް ޖީއެސްޓީ ބަޔާން ހުށަނޭޅުމާ ގުޅިގެން އަރާފައިވާ ޖޫރިމަނާ ދެއްކުމަށް ކޮށްފައިވާ ހުކުމެކެވެ.

 އެގޮތުން ގާތްގަނޑަކަށް ޖީއެސްޓީގެ ގޮތުގައި 90،000 ރުފިޔާ އާއި ޖޫރިމަނާގެ ގޮތުގައި 70،000 ރުފިޔާ އައި އެކު ޖުމްލަ 160،000 ރުފިޔާ މީރާއަށް ދެއްކުމަށް ވަނީ ހުކުމްކޮށްފަ އެވެ.

އަދި މިފައިސާ ދެމަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ކަނޑައެޅިފައިވާ ތާރީހަށް ޖީއެސްޓީ ދައްކާފައިނުވުމުގެ ސަބަބުން މިމަހުގެ 19 ވަނަ ދުވަހުގެ ނިއަލަށް އަރާފައިވާ ޖޫރިމަނާ އާއި އިތުރަށް އަރަމުންދާ ޖޫރިމަނާ ފައިސާ ދެމަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްޓަކާ ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ މިންވަރަށްވުރެއް މަދުނޫން އަދަދެއްގެ ފައިސާ ދައްކާ ދަރަނި ހަލާސް ކުރުމަށެވެ.

މީރާ އިން އަންނަނީ ޓެކްސް އަށް މަކަރު ހަދަމުންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާ، އެފަދަ މައްސަލަތައް ހައްލުނުވާ ހާލަތެއްގައި ކޯޓަށްވެސް މައްސަލަ ހުށަހައަޅަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް