އެފްރިކާގެ ތިން ގައުމަކަށް އެރި، ތޫފާން "އިޑާއީ"ގެ ސަބަބުން މަރުވި މީހުންގެ އަދަދު 1000 އަށް އަރާނެ ކަމަށް ލަފާކޮށްފިއެވެ.
މޮޒަންބީގްގެ ރައީސް ފިލިޕޭ ނިއުސީ ހަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވަނީ، "އިޑާއީ" ތޫފާންގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ތޫފާންގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައިވަނީ، ޒިމްބާބްވޭ، މަލާވީ އަދި މޮޒަންބީގަށެވެ.
ދެކުނުއިރުމަތީ އޭޝިއާއިން މިހާތަނަށް ޖުމްލަ 200 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ގެއްލިފައިވާ މީހުންނާއި އެކު މަރުވި މީހުންގެ އަދަދު 1000 އަރާނެ ކަމަށް ރައީސް ފިލިޕޭ ނިއުސީ ލަފާކުރައްވައެވެ.
ތޫފާންގެ ބާރު ގަދަވެ ކެޓަގަރީ ތިނަކަށް އަރުވާފައިވާއިރު، މި ތޫފާންގައި ގަޑިއަކު 190 މޭލު ބާރުމިނުގައި ވައިޖެހެމުންދާއިރު، ބޯކޮށް ވާރޭވެހި ބިންގަޑު ކަނޑައިގެންގޮސް ބައެއް ކޯރުތައް ވަނީ ބަންޑުންވާން ފަށާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ބޯކޮށް ވާރޭވެހި މޫސް ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
A flooded Nyahonde river in Rusitu, Chimanimani as many are displaced and lives lost in the process. Help the Red Cross help others.#Zimbabweans4Zimbabweans #CycloneIdaiZW @ICRC_SAfrica @IFRCAfrica @ItalyinZimbabwe @SwedeninZW @ZBCNewsonline @daddyhope @takemorem1 @kimstambuli pic.twitter.com/1kl6QWcj37
— Zimbabwe Red Cross (@ZrcsRed) March 17, 2019
މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މޮޒަމްބީގުގެ ސިޓީއެއް ކަމަށްވާ، ބެއިރާއަށެވެ. ތޫފާން އިޑާއީގެ ސަބަބުން އެ ސިޓީގެ އެއާޕޯޓު ބަންދުކުރަން ޖެހުނުއިރު އެތައް ގެއެއްވަނީ ހަލާކުވެފައެވެ.
ފަސްލައްކައެއްހާ މީހުން ދިރިއުޅޭ ބެއިރާއަށް ދިއުމަށް ރެޑް ކްރޮސްއިން މަސައްކަތް ކުރަމުން ދާކަމަށް ބުނެއެވެ. އެހެން ނަމަވެސް އެމީހުން އެ ސިޓީއަށް ވަންނަން ހުރި މަގުތައް ބަންދުވެފައި ހުރުމުގެ ސަބަބުން ވަނީ ވަންނަން ދަތިތަކަކާ ކުރިމަތިވެފައެވެ.
އދ. ގެ އިންސާނީ އެހީދޭ ޖަމާއަތުން ލަފާކުރާގޮތުގައި، މި ތޫފާންގެ ސަބަބުން މޮޒެމްބީގް، މަލާވީ އަދި ޒިމްބާބުވޭއިން ޖުމްލަ 5.3 މިލިއަން މީހުން ހާލުގައިޖެހި، ކާބޯތަކެތި ފޯރުކޮށްދޭން ޖެހޭނެއެވެ.