ކ. މާލެ
|
18 މާރޗް 2019 | ހޯމަ 22:00
ސަންޖޭ ދަތު
ސަންޖޭ ދަތު
ގޫގުލް
ޕަނީޕާޓް
ސަންޖޭ ޕަނީޕާޓް ކުޅެން 35 ކިލޯ ބަރުވަނީ
ޕަނީޕަޓް ރިލީޒް ކުރާނީ މިއަހަރުގެ ޑިސެމްބަރު 6 ގައި

މިއަހަރު ވެގެންދަނީ ތާރީޚީ ފިލްމުތައް ބޮލީވުގައި ގިނަ އަހަރަކަށެވެ. 

އޭގެތެރެއިން އެއް ފިލްމަކީ އޮސްކާއަށް ނޮމިނޭޓްވި އަދި ނެޝަނަލް އެވޯޑް ލިިބިފައިވާ ޑައިރެކްޓަރ އަޝޫތޯޝް ގޮވަރިކާ ޑައިރެކްޓް ކުރާ ފިލްމު "ޕަނީޕާޓް" ފިލްމަށެވެ. 

މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ އަރުޖުން ކަޕޫރާއި، ކްރިތީ ސަނޯން އަދި ސަންޖޭ ދަތެވެ.  މިފިލްމާއި ބެހޭގޮތުން އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ސަންޖޭ ދަތު މި ފިލްމުގައި އޭނާ އަދާ ކުރާ ރޯލަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހެއެވެ. އެގޮތުން އޭނާ މި ފިލްމު ކުޅުމަށް 35 ކިލޯ ބަރު ކުރަން ޖެހޭ ކަމަށް ޚަބަރުތައް ބުނެއެވެ.

އެ ފިލްމުގެ ޝޫޓިން މިހާރު ކުރިއަށް ދާއިރު ޚަބަރުތައް ބުނާ ގޮތުގައި ފިލްމުގެ ޝޫޓިން  ފެށުމުގެ ކުރިން ސަންޖޭ އޭނާގެ ރޯލަށް ފިޓް ވުމަށް  ކަސްރަތު ކުރަންޖެހެއެވެ. ފިލްމުގެ މިހާރު ދަނީ އިންޑިއާގެ ޖައިޕޫރުގައި ނަގާ މަންޒަރުތަކެވެ.

ޕަނީޕަޓް ގެ ޝޫޓިން މިހާތަނަށް ވަނީ އެކިތަންތަނުގައި ނަގާފައެވެ. މި ފިލްމުގައި ލީޑު ރޯލުން ފެންނަ އަރުޖުން ކަޕޫރު ވެސް ވަނީ ފިލްމު ކުޅުމަށް އޭނާގެ ބޯ ބާލާފައެވެ. އަދި އޭނާ ވަނީ ފިލްމުގައި އޭނާ ކުޅޭ ރޯލަށް އަސް ދުއްވަން ވެސް ދަސްކޮށްފައެވެ.

ޕަނީޕަޓް ރިލީޒް ކުރާނީ މިއަހަރުގެ ޑިސެމްބަރު 6 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް