ކ. މާލެ
|
18 މާރޗް 2019 | ހޯމަ 21:55
ވިކީ ކައުޝަލް އާއި ހެރްލީން ސެތީ
ވިކީ ކައުޝަލް އާއި ހެރްލީން ސެތީ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ވިކީ ކައުޝަލްގެ ލޯބިވެރިޔާ އަންފޮލޯ ކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން ވިކީ އަދިވެސް ހެރަލީން ފޮލޯ ކުރޭ

ބޮލީވުޑްގައި އަރަމުން އަންނަ ކާމިޔާބު ތަރި ވިކީ ކައުޝަލް ގެ ލޯބިވެރިޔާ އެކްޓަރ އަދި ޑާންސަރ ހެރްލީން ސެތީ ގެ އިންސްޓަގްރާމުން ވިކީ އަންފޮލޯ ކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވިކީ އަދިވެސް ހެރަލީން ފޮލޯ ކުރެއެވެ.

ކޮފީ ވިތް ކަރަން ޝޯގައި ވިކީ ވަނީ އޭނާ ހުރީ ހުސްކޮށް ނޫން ކަމަށް ބުނެފައެވެ. ނަމަވެސް އޭނާގެ ލޯބިވެރިއަކީ ކާކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

" މިއީ ވަރަށް ފަހުން ފެށުނު ގުޅުމެއް. ނަމަވެސް ވަރަށް ސީރިއަސް ގުޅުމެއް" ވިކީ ވަނީ ބުނެފައެވެ.

ފިލްމް ފެއަރ ކުރިން ދިން އިންޓަވިއު އެއްގައި ވިކީ ވަނީ ހެރަލީން އާއި ރައްޓެހިވެގެން އުޅޭ ކަމަށް ބުނެފައެވެ.

"ފިލްމް ފެއަރ"  އަށް ދިން އިންޓަވިއުގައި ވިކީ ބުނެފައިވަނީ އެމީހުންގެ ގުޅުން ފެށިފައި ވަނީ ވަރަށް ފަހުން ކަމަށާއި ދެމީހުން ދިމާވެފައިވަނީ ދެމީހުންގެ ވެސް ރައްޓެހިންތަކެއްގެ ފަރާތުން ކަމަށެވެ.

ދެމީހުން ފުރަތަމަ ދިމާވި ދުވަހުން ފެށިގެން ވެސް އެއް ވިސްނުމެއް ހުރުމަކީ ވަރަށް ހިތްހަމަ ޖެހޭ ކަމެއް ކަމަށް ވިކީ ވަނީ ބުނެފައެވެ.

ދެމީހުން އެކުގައި ހޭދަކުރާ ވަގުތު ތަކަކީ ވަރަށް ހިތްހަމަ ޖެހޭ ވަރަށް އުފާވެރި ވަގުތުތަކެއް ކަމަށް ވެސް ވިކީ ވަނީ ބުނެފައެވެ.

ނަމަވެސް އެކަމާއި ގުޅޭ ގޮތުން މިހާތަނަށް ހެރަލީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއު އެއްގައި ހެރްލީން ބުނެފައިވަނީ ކިތަންމެ ފަހަރުކު ވެސް ލޯބި ވެވިދާނެ ކަމަށެވެ.

އަދި ލޯބި ވާކަށް ވަކި އުމުރެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހެރްލީން ވަނީ ވިކީ ކައުޝަލް ކުޅެފައިވާ ކާމިޔާބު ފިލްމް "އުރީ" ގެ ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި ޕާޓީގައި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފައެވެ. ފޮޓޯގައި ދެމީހުން ކަޅުކުލައިގެ ޓީޝާޓު ލައިގެން ތިބި އިރު ޓީޝާޓްގައި ލިޔެފައިވަނީ "އުރީ" ގެ ޕޮޕިއުލާ ޑައިލޮގެއް ކަމަށްވާ " ހައު އިސް ދަ ޖޯޝް" އެވެ.  އެފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ ހައި ސަރ" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް