ނިއުޒިލޭންޑްގެ ކްރައިސްޓްްޗަރޗްގެ ދެ މި ސްކިތަކަށް ހުކުރު ދުވަހު ދިން ބަޑީގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފަލަސްތީނުގެ ހަ މީހުން ހިމެނޭ ކަމަށް ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ނިއުޒީލޭންޑްގެ ރިޕޯޓްތަކެއް ނެތި އެ މައުލޫމާތު ކަށަވަރު ކުރެވުނީ ނިއުޒީލޭންޑްގެ ފޮރިން މިނިސްޓްރީ އާއި ރެޑްކްރޮސް މެދުވެރިކޮށް ކަމަށެވެ.
މީގެ އިތުރުން ފަލަސްތީނުން ބުނެފައި ވަނީ އެ ގައުމުގެ ފަލަސްތީނުގެ އިތުރު ހަ މީހަކު މި ހަަމަލާގައި ޒަޚަމްވެފައިވާ ކަމަށެވެ. އެ މީހުންގެ ގާތަށް ގޮސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް، ފަލަސްތީނުން ނިއުޒީލޭންޑާއި އޮސްޓްރޭލިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރު އިއްޒަތު އަބްދުލްހާދީއަށް އަންގަވާފައިވާކަމަށް ވެސް ބަޔާނުގައިވެއެވެ.
ސަފީރު އަބްދުލްހާދީ ވިދާޅުވީ ކްރައިސްޓްޗަރޗްގައި ފަލަސްތީނުގެ މަދު ބަޔަކު އުޅެމުންދާކަމަށެވެ. ނަމަވެސް ސީދާ އަދަދެއް ވިދާޅެއް ނުވެއެވެ.
ހަމަލާދީ މަރާލި 50 މީހުންގެ ތެރޭގައި ނިއުޒިލޭންޑް ގައުމީ ފުޓްސަލް ޓީމުގެ ކީޕަރު އަޓާ މުހައްމަދު އަލަޔަން އަކީވެސް ފަލަސްތީނުގެ ރައްޔިތެކެވެ.
ފަންސާސް މީހުން މަރުވެ އެތައް ބަޔަކު ޒަޚްމވި މި ހަމަލާއަކީ ނިއުޒީލޭންޑްގައި ދެވުނު މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.