ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 19:31
ތައިމޫރު އޭނާގެ ނެނީއާއި އެކު (ކ) އަދި މަންމަ ކަރީނާ ކަޕޫރު
ތައިމޫރު އޭނާގެ ނެނީއާއި އެކު (ކ) އަދި މަންމަ ކަރީނާ ކަޕޫރު
ގެޓީ އިމޭޖަސް
ކަރީނާ ކަޕޫރު
ތައިމޫރުގެ ނެނީއަށް މަހަކު ދެލައްކަ ރުޕީސް ދޭ!
ތައިމޫރާއި ނެނީގެ ގުޅުން ވެސް ރަނގަޅު

ބޮލީވުޑްގެ ތަރިންގެ ތެރެއިން ކަރީނާ ކަޕޫރާއި ސައިފް އަލީޚާންގެ ދަރިފުޅު ތައިމޫރު އަލީ ޚާންއަށް އޭނާ ދުނިޔެއަށް އުފަންވީއްސުރެ ސަމާލުކަން ލިބެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ދެ އަހަރު ފުރިފައިވާ ތައިމޫރު ބޭރަށްދާ ވަގުތުތަކުގައި ބައެއްފަހަރު އޭނާ ގެންގުޅޭ މީހާ(ނެނީ) ވެސް ފެނެއެވެ.

ނެނީގެ މުސާރަ އަކީ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ. އޭނާގެ މުސާރައާއި ބެހޭގޮތުން މީގެ ކުރިން ވެސް އެކި މީހުން އެކި ގޮތަށް ވާހަކަ ދައްކައެވެ. ރިޕޯޓްތައް ބުނާގޮތުގައި ތައިމޫރުގެ ނެނީގެ މުސާރައާއި ބެހޭގޮތުން އޭނާގެ މަންމަ ވަނީ ވާހަކަ ދައްކާފައެވެ. 

ދާދިފަހުން ބޭއްވި ޝޯއެއްގެ ތެރެއިން ކަރީނާއާއި ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ ތައިމޫރު އޭނާގެ ނެނީ ކައިރީ ބަހައްޓަނީ އިތުބާރު ކުރާތީ ކަމަށާއި އެންމެ މުހިއްމު ކަމަކީ ރައްކާތެރިކަމާއި އުފަލުގައި އޭނާގެ ދަރިފުޅަށް އުޅެވުން އެއީ އޭނާ އެންމެ ބޮޑަށް އެދޭ އެދުން ކަމަށެވެ. އަދި ނެނީގެ މުސާރައަށް މަހަކު 1.5 އާއި 2 ލައްކައާއި ދެމެދުގެ ރުޕީސް ދޭ ކަމަށް އޭނާ ބުންޏެވެ. ކަރީނާ ބުނީ އޭގެ އިތުރަށް ތައިމޫރު ގޮވައިގެން ނެނީ ބޭރަށްދާކަމުގައި ވާނަމަ އިތުރު އެލަވަންސެއް ދޭކަމަށެވެ. އަދި ތައިމޫރާއި ނެނީގެ ގުޅުން ވެސް ރަނގަޅު ކަަމަށް އޭނާ ބުންޏެވެ. ތައިމޫރުގެ ނެނީ އަކީ ހައި ޕްރޮފައިލް އެޖެންސީއަކުން ހޯދާފައިވާ މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް