ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 16:59
އާމިރު ޚާން
އާމިރު ޚާން
މުހައްމަދު ޝަރުހާން
އާމިރު ޚާން
ފޮރެސްޓް ގަމްޕްގެ ބޮލީވުޑް ރީމޭކްގައި އާމިރު ޚާން
މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު

ހޮލީވުޑްގެ ހިޓް ފިލްމު ފޮރެސްޓް ގަމްޕްގެ ރަސްމީ ބޮލީވުޑް ރީމޭކްގެ މައި ރޯލުން ފެނިގެންދާނީ އާމިރު ޚާންކަން އޭނާ ކަށަވަރު ކޮށްދީފިއެވެ.

މި ފިލްމުގައި އާމިރު ފެނިގެންދާނީ ލާލް ސިންގ ޗައްދާ ކިޔާ ކެރެކްޓަރއަކުންނެވެ. ލާލް ސިންގ ޗައްދާގެ ކެރެކްޓަރ އަކީ ފޮރެސްޓް ގަމްޕްގައި ޓޮމް ހޭންކްސް ކުޅެފައިވާ ފޮރެސްޓް ގަމްޕްގެ ކެރެކްޓަރ ތަމްޞީލުކުރާ ހިންދީ ކެރެކްޓަރއެވެ.

އާމިރު ބުނީ ފޮރެސްޓް ގަމްޕް އަކީ އޭނާއަށް ވަރަށް ކަމުދާ ފިލްމެއް ކަމަށާއި، މިއީ އާއިލާއަށް އެކުގައި ބަލައިލެވޭނެ، ދިރިއުޅުމާއިމެދު މީހުން ގެންގުޅޭ ތަޞައްވުރު ރަނގަޅު ކޮށްދޭ ފަދަ ފިލްމެއް ކަމަށެވެ.

އާމިރު އިތުރަށް ބުނީ މި ފިލްމަށް އޭނާ މިހާރު ތައްޔާރުވަމުންދާ ކަމަށާއި، އެންމެ ބޮޑު ބަދަލެއް ފެންނާނީ އޭނާގެ ހަށިގަނޑުން ކަމަށެވެ. އެގޮތުން މި ފިލްމު ކުޅުމަށް އޭނާ މިހާރު ހުރި ވަރަށްވުރެ 20ކިލޯ ހިކުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

މި ފިލްމު އުފެއްދުމަށް ބޭނުންވާ ހުއްދަތައް މިހާރު ޕެރަމައުންޓުން ގަނެފައިވާއިރު، އާމިރު ބުނި ގޮތުގައި މި ފިލްމު ސްކްރީނަށް ގެނެވޭވަރު ވާނީ އަންނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް